އިރާނުގެ މިސައިލް ފެޝިލިޓީތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ދެ މީހަކު ޝަހީދުވެއްޖެ

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ރޭ ދަންވަރު ވައިގެ މަގުން އީރާނަށް ދިން ހަމަލާތަކުގައި އިރާނުގެ ސިފައިންގެ ދެ މީހަކު ޝަހީދުވެއްޖެއެވެ.

އިރާނުގެ އަސްކަރިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނީ ރޭ ދަންވަރު އިޒްރޭލުން އިރާނަށް ދިން ހަމަލާ ކާމިޔާބު ކަމާއެކު އެ ގައުމުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ސިސްޓަމުން ކުރިމަތިލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި ބައެއް ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މި ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ ސިފައިންގެ ދެ މީހަކު ޝަހީދުވެފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

އީސްރާއީލުން އިރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ މިސައިލް ފެސިލިޓީތަކަށެވެ.

އިޒްރޭލުން ރޭ ދަންވަރު އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާ ދީގެން ނުވާނެ ކަމުގައި އެމެރިކާއާއި އިނގެރޭސި ވިލާތުންވެސް ވަނީ ބުނެފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް