އީރާނުގެ ވެރިރަށުގައި އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްކޮށްފި

Loading

Facebook
Twitter
WhatsApp

އީރާނުގެ ވެރިރަށް ތެހެރާނުގައި އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްކޮށްފި އެވެ.

ތެެހެރާނުގައި އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓް ކޮށްފައި ވާއިރު އިސްރާއީލުން ވަނީ ރޭ ފަތިހުގެ ވަގުތެއްގައި އިރާނަށް ވައިގެ ހަމަލާތަކެއް ދީފައެވެ.

ދެފަހަރެއްގެ މަތިން އިސްރާއީލުން އިރާނަށް ހަމަލާ ދީފައިވީ ނަމަވެސް މިހާތަނަށް މި ހަމަލާތަކުގައި ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެގޮތުން އީރާނުގެ ވެރިރަށް ތެހެރާން ޕްރޮވިންސްގެ އެއާ ޑިފެންސް އެކްޓިވޭޓްކޮށްފައި ވަނީ އިޒްރޭލުން ދީފާނެ ހަމަލާޔަކާ ކުރިމަތިލުމަށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި އީރާނުގެ ވެރިރަށް ތެހެރާނުގައި އެތައް ގޮވުންތަކެއް ގޮވުމުގެ އަޑު އިވިފައި ވެއެވެ. ރިޕޯޓްތައް ބުނާގޮތުން ބާރުގަދަ އަޑުތަކުގެ ތެރެއިން ބައެއް އަޑުތައް އިވިފައި ވަނީ ވައިގެ ދިފާޢީ ނިޒާމުތައް ހިންގުމުގެ ސަބަބުންނެވެ.

ތެހެރާން ޕްރޮވިންސްގެ އެއާ ޑިފެންސްގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ތެހެރާނުން އިވުނު އަޑަކީ ތެހެރާނުން ބޭރުގެ ތިން ތަނެއްގައި އެ ޕްރޮވިންސްގެ އެއާ ޑިފެންސް އެކްޓިވޭޓް ކުރުމާ ގުޅުން ހުރި އަޑެކެވެ. އީރާނުގެ ވައިގެ ދިފާޢީ ބާރުން މި ބަޔާނެއް ނެރެފައިވަނީ އިޒްރޭލުން އީރާނަށް ރޭ ފަތިހު ދިން ހަމަލާތަކާއި ގުޅިގެންނެވެ.

ގަވާއިދާ ހިލާފަށް އިޒްރޭލަށް މި ފަދަ އަމަލެއް ނުހިންގުމަށް އިންޒާރުދީފައިވީ ނަމަވެސް، ހޮނިހިރު ދުވަހުގެ ހެނދުނު ތެހެރާން، ޚުޒެސްތާން، އަދި އިލާމް ޕްރޮވިންސްގެ ބައެއް އަސްކަރީ ތަންތަނަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ހަމަލާދީފައެވެ.

އިރާނުގެ ވައިގެ ދިފާޢީ ބާރުން ބުނީ އިޒްރޭލުގެ ހަމަލާ ކާމިޔާބުކަމާއެކު އެ ގައުމުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ސިސްޓަމުން ކުރިމަތިލާފައިވާ ކަމަށާއި، މި ހަމަލާގައި ބައެއް ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް