ބުޅާ ފެޝިލިޓީ އަންނަ މަހު ދޭއްގައި ހުޅުވަން ނިންމައިފިި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީ ކުރަމުން އަންނަ ބުޅާ ފެސިލިޓީ އަންނަ މަހުގެ 2 ވަނަ ދުވަހު ހުޅުވަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ތަަރައްޤީ ކުރަމުން އަންނަ ބުޅާ ފެޝިލިޓީގެ މަސައްކަތްތައް ނިމި ހުޅުވަން ތައްޔާރުވެއްޖެކަން ހާމަކޮށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރީން ބުނީ އެ ފެޝިލިޓީ މި އަންނަ މަހުގެ ދޭއް ގައި ހުޅުވާނެ ކަމަށެވެ.

އެގޮތުން މި ފެސިލިޓީގެ މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކަމަށް އެ މިނިސްްޓްރީން ހާމަކޮށްފައި ވެއެވެ.

މާލެ ސިޓީ ކައުންސިލުން ތަރައްޤީ ކުރާ ބުޅާ ފެޝިލިޓީގެ މަސައްކަތްނިމި ހުޅުވަން ތައްޔާރުވެފައި ވާއިރު އެ ކައުންސިލުން އިއްޔެ ވަނީ އެ ތަނުގައި މަސައްކަތް ކުރާނެ ޖަނަވާރުންނަށް ޚާއްސަ ޑޮކްޓަރަކާއި ދެ ނަރުހުން ހޯދަން އިއުލާނުކޮށްފައެވެ. މިގޮތުން އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 އާ ހަމައަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް