އިޒްރޭލާއެކު ވިޔަފާރީ ނުކުރަން އަޔަލޭންޑުން ނިންމައިފިއެވެ.
އަޔަލޭންޑްގެ ޕްރައިމް މިނިސްޓަރު ޓާއޮއިސެކް ސައިމަން ހެރިސް ބުދަ ދުވަހު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ނިންމުމަކަށް އަޔަލޭންޑުން ”އިންތިޒާރު ނުކުރާނެ“ ކަމަށެވެ. އެގޮތުން ހަފްތާތަކެއްގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރިން އުފައްދާ އުފެއްދުންތަކުގެ ވިޔަފާރި ހުއްޓާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ޖުލައި މަހު ނެރުނު ލަފާދޭ ޚިޔާލުގެ ތެރެއިން، ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ ވިޔަފާރީގެ މައްސަލައިގައި ޔޫރަޕްގެ އެހެން ޤައުމުތަކުން ގޮތެއް ނިންމަންދެން އަޔަލޭންޑުން ނުތިބޭނެ ކަމަށް ހެރިސް ވިދާޅުވީ ބްރަސެލްސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އަންނަ ހަފްތާގައި އެކަމާ ގުޅޭގޮތުން އަޔަލޭންޑުގެ ބަންޑާރަ ނައިބު ލަފާއެއް ނެރުމަށް ހަމަޖެހިފައިވާއިރު، އެ ލަފާގައި އެގައުމަށް ”ކުރެވޭނެ ކަންތައްތައް“ ހާމަކޮށްދޭނެ ކަމަށްވެސް ހެރިސް އިތުރަށް ވިދާޅުވިއެވެ.
އަޔަލޭންޑް ސަރުކާރުން އުންމީދު ކުރަނީ 2018 ވަނަ އަހަރު ހުށަހެޅި ޔޫރަޕިއަން ޔޫނިއަންގެ ވިޔަފާރީގެ ގާނޫނާ ހިލާފު ބިލެއް ކަމަށްވާ އޮކިއުޕޭޑް ޓެރިޓޯރީސް ބިލް ވޯޓަށް ހުށަހެޅުމަށެވެ.އަދި އުންމީދަކީ އަޔަލޭންޑުގެ އުއްމީދަކީ އައިސީޖޭގެ އެޑްވައިޒަރީ އޮޕިނިއަން އިން ބިލަށް ބޭނުންވާ ގާނޫނީ އަސާސްތައް ލިބިގެންދިއުމެވެ.
އީޔޫ އާއި އިސްރާއީލުގެ ވިޔަފާރީގެ އެއްބަސްވުން – އެސޯސިއޭޝަން އެގްރީމަންޓްގެ ނަމުން ވެސް ނަންދެވިފައިވާ މި އެއްބަސްވުމުގައި އިންސާނީ ހައްގުތަކާ ހިލާފުވެއްޖެ ނަމަ ވިޔަފާރީގެ ހުރަސްތައް އަލުން ކަނޑައެޅުމުގެ ހުއްދަ ދީފައިވެ އެވެ.
ޣައްޒާގައި އިންސާނީ ހައްގުތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން އީޔޫ އާއި އިސްރާއީލުން އެސޯސިއޭޝަން ކައުންސިލެއް ބާއްވަން ގޮވާލާ އީޔޫގެ މެމްބަރު ގައުމުތަކުގެ ތެރޭގައި އަޔަލޭންޑު ހިމެނެ އެވެ.