އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ރާއްޖެއާއި ސަމޯއާއިން މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ރާއްޖެއާއި ސަމޯއާއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިހާރު ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ކޮމަންވެލްތު މެންބަރު ގައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ދެ ގައުމުން ހިއްސާކުރާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރައްވާފައެވެ.

އަދި ތިމާވެށީގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި އިގުތިސާދު އަދި ވިޔަފާރި ފަދަ ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތަކާ މެދުގައި މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ކްލައިމެޓް އެކްޝަން، ކްލައިމެޓް ފައިނޭންސް ފަދަ ބައިނަލްއަގުވާމީ މުހިންމު ކަންކަމާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި، ކޮމަންވެލްތު ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ބައިނަލްއަގުމީ ގޮތުން ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ލީޑަރުންނާއެކު ބައިލެޓްރަލް ބައްދަލުވުންތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި މި މަހުގެ 25 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗޯގްމްގެ އެގްޒެކެޓިވް ސެޝަންތަކުގައި ނައިބު ރައީސް ރާއްޖޭގެ ގައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް