ހެޕިނެސް އިންޑެކްސް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ދާ ވަގުތެއްގައި އަންހެން ބޭފުޅުންގެ މަޝްވަރާ ވަރަށް މުހިންމު:އާދަމް ޝަރީފް

Loading

Facebook
Twitter
WhatsApp

އުފާވެރިކަމުގެ މިންގަނޑެއް( ހެޕިނެސް އިންޑެކްސް) ރާއްޖޭގައި ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ވަގުތެއްގައި އަންހެންބޭފުޅުންގެ މަޝްވަރާ އާއި މުހިންމުކަން ވަރަށް ބޮޑުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަުންނަށް ޚާއްސަކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިންނާއި ވާހަކަދައްކަވަމުންނެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިނާއި މުހާތަބު ކުރައްވާ ވަޒީރު ވިދާޅުވީ ތަރައްޤީ އާއި ތަހްޒީބު ކުރިއެރުމަށް ޓަކައި އަންހެން ބޭފުޅުން ކުރައްވަނީ ވަރަށް ފަހްރުވެރިވާނެ މަސައްކަތެއް ކަމަށެވެ. އަދި މި ތައްޔާރުކުރެވޭ މިންގަނޑު ވާނީ އޭގެޒާތުގައި އެންމެ ފަހުން ކައުންސިލްތަކާއި ޑަބުލިޔު ޑީސީ ގުޅިގެން އެރަށެެއްގެ ހާލަތު ދެނެގަތުމަށް ބޭނުންކުރާ މިންގަޑަކަަށް ނުވަތަ ބޭނުންކުރާ ވަސީލަތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ މިފަދަ މަސައްކަތު ބައްދަލުވުންތަކުން ލިބޭ މުހިންމު މަޢުލޫމާތު ވަރަށް ފުޅާދާއިރާއެއްގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތަކާއި ރަށްރަށަށް ގެންނަޖެހޭ ބަދަލުތަކުގައި ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކުރައްވައިގެން މެނުވީ އެ ބަދަލުތައް ނުގެނޭވެނެކަންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޑަބުލިޔު.ޑީ.ސީ ތަކުގެ 200 އަށް ވުރެ ގިނަ އަންހެން ބޭފުޅުން ބައިވެރިވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް