އަންނަ މަހު ކުރީކޮޅު ކެޓް ޝެލްޓަރ ހުޅުވަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ހަދަމުންދާ ކެޓް ޝެލްޓަރގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އަންނަ މަހު އެ ތަން ހުޅުވޭނެ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ސަރުކާރުތަކުން ދައްކަމުން އައި ވާހަކަތަކެއް ކަމަށެވެ.

ނަމަވެސް ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން އަމަލީ މަސައްކަތް ފެށުނީ ރައީސް ޑރ. މުޢިއްޒު މާލޭ ސިޓީ މޭޔަރަކަށް ހުންނެވިއިރު، ފެށްޓެވި މަސައްކަތުން ކަމަށާއި، ކައުންސިލުގައި ރައީސް މުޢިއްޒު ހުންނަވައި، ބުޅަލުގެ މައްސަލައަށް ހައްލެއް ހޯއްދަވަން ކުރައްވަމުން ގެންދެވި މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުން އެކަމަށް ދެންޖެހޭ ބިން ނުދީ ހިފެހެއްޓުމުން ކަމަށެވެ.

ނަމަވެސް މި ވެރިކަމުގެ ފުރަތަމަ އަހަރުތެރޭގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާރ މިނިސްޓްރީއާ އެ މަސައްކަތް ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، ސަރުކާރުން ހުޅުމާލެއިން ފަހިކޮށްދިން ބިމުގައި މިހާރު ކެޓް ޝެލްޓަރ އެއް ބިނާކޮށް ނިމިފައިވާ ކަމަށާއި، އަންނަ މަހު ކުރީކޮޅު އެ ތަން ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

މިއީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިޔަށް ގެންދިޔަ ސަރުކާރުގެ ޕްރެޖެކްޓެއް ކަމަށާއި، މިކަމުގައި ކެޓް ޝެލްޓަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެދުނު ގޮތަށް ކޮށްދިނީ ސިޓީ ކައުންސިލުން ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރ ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގެ 19 ގައެވެ. މި ޝެލްޓަރ ހަދާފައިވަނީ 5,000 އަކަފޫޓުގެ ބިމެއްގައެވެ.

މި ތަން ހުޅުވުމުން މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންގޮސް ފަރުވާދީ، ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް