ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ގުޅޭ އާ އުސޫލެއް

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ގުޅޭ އާ އުސޫލެއް މިއަދު ގެޒެޓުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގެޒެޓުކުރި އާ އުސޫލާއެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގުރޫޕުތަކަށާއި، އާއްމުންނަށް ރައްކާތެރިކަމާއި ފަސޭހަކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.

މީގެ ކުރިން އަމަލުކުރި އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުން އެ ޚިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް އިއުލާން ކުރުމުން އެކަންޏެވެ. އެ ގަވައިދުގެ ދަށުން ވުޒާރާއިން ދިޔައީ އުމްރާއަށް މީހުން ގެންދާނެ ފަރާތްތައް ހޯދަން އަހަރަކު ދެ ފަހަރު އިއުލާން ކުރަމުންނެވެ.

ނަމަވެސް އާ އުސޫލުގެ ދަށުން އަހަރަކު ކޮންމެ ހިސާބަކުވެސް އުމްރާއަށް މީހުންގެ ގެންދިއުމަށް ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވަނީ އުމްރާއަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަންޖެހޭ އަޅުކަމަކަށް ނުވާތީއާއި، އަހަރުގެ އެކި ހިސާބުތަކުގައި އުމްރާގެ ދަތުރުކުރާ މިންވަރު ކުންފުނިތަކުގައި އިތުރުވެފައިވާތީ ކަމަށެވެ.

ކުރިން އަހަރަކު ދެ ފަހަރު އިއުލާން ކުރާތީ ކުރު މުއްދަތުގެތެރޭގައި އިދާރީ ގޮތުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް އެވަލުއޭޓް ކުރަންޖެހޭ ކަމަށާއި، ނަމަވެސް އުސޫލަށް ގެނައި ބަދަލާއެކު މިހާރު ޕްރޮޕޯސަލް އަންނަ މިންވަރަކުން ބަލައި ހުއްދަ ދެމުން ގެންދެވުމަކީ މިކަމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ދުވެލި އަވަސް ކުރުމަށްވެސް ލިބުނު އިތުރު ލުޔެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އާ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދާ ޖަމާއަތްތަކުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް، އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އެއްބަސްވުމާއި ޚިލާފުވެއްޖެނެމަ ޖުރިމަނާ ކުރެވޭ ގޮތަށް ވަނީ ހަދާފައެވެ.

އެގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަދީފައިވާ ކުންފުނިން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި 1000ރ. އާއި 100،000 ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ނުވަތަ ހުއްދަ އާ ނުކުރަނީސް އެ ފަދަ ޚިދުމަތެއް ދީފިނަމަ ޖޫރިމަނާ ކުރެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް