ވީޑިއޯ ރޫމެއް ގާއިމުކުރާތީ މަޖިލީހުގެ 3 ވަނަ ދައުރު ފެށުން ފަސްކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވީޑިއޯ ރޫމެއް ގާއިމްކުރާތީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުން ފަސް ކޮށްފި އެވެ.

މިކަންހާމަކޮށް މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނީ ޖަލްސާތައް ބްރޯޑްކާސްޓް ކުރަން އާ ވީޑިއޯ ރޫމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ބްރޯޑްކާސްޓު ކުރަން ދަތިތަކެއް ހުރި ކަމަށެވެ.

އެހެންކަމުން މި ދައުރުގެ ޖަލްސާތައް އަންނަ ހަފްތާގެ ހޯމަ ދުވަހު ފަށަން މަޖިލީހުގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާ ކަމަށް އެ މެސެޖުގައި ބުނެފައި ވެއެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާ ޗުއްޓީއަކަށްފަހު މަޖިލިސް ފަށަން ކުރިން ހަމަޖައްސާފައި ވަނީ މާދަމާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް