ސްރީލަންކާ އަށް މިއަހަރު ދިޔަ ޓުއަރިސްޓުންގެ އަދަދު 1.5މިލިއަން އަށް ވުރެ އިތުރު ވެއްޖެ

Loading

Facebook
Twitter
WhatsApp

މި އަހަރުގެ މިހާތަނަށް އަވަށްޓެރި ސްރީލަންކާ އަށް ދިޔަ ޓުއަރިސްޓުންގެ އަދަދު 1.5މިލިއަން އަށް ވުރެ އިތުރު ވެފައިވާކަން ސްރީލަންކާ ޓުއަރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން އިއުލާން ކޮށްފިއެވެ.އެއިދާރާއިން ހޯމަ ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި އޮގަސްޓް 27ގެ ނިޔަލަށް އެގައުމަށް 1،517،000ޓުއަރިސްޓުން ޒިޔާރަތް ކޮށްފައި ވެއެވެ.އެސް.އެލް.ޓީ.ޑީ.އޭ ގެ ޗެއާމަން ސުރަންޖީތު ވެވީތާ ބުނީ މިއަހަރުގެ އަދަދުތައް މިދިޔަ އަހަރުގެ އަދަދު ތަކަށްވުރެ 2އިންސައްތަ ދަށް ކަމުގައެވެ.
މިރަރ ނޫހާއި ވާހަކަ ދައްކަމުން ވެވީތާ ބުނީ އެހެން ކަމާއެކުވެސް މިއަހަރަށް ކަނޑައެޅި ޓާގެޓް ކަމަށްވާ 2.5 މިލިއަން މިއަހަރު ނިމުމުގެ ކުރިން ހާސިލް ކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމުގައެވެ.އެހެނީ އަހަރުގެ ފަހު ހަތަރު މަހަކީ ފިނި މޫސުމުގެ ޕީކް ސީޒަން ކަމުން އިތުރު ފަތުރުވެރިން ސްރީލަންކާފަދަ ހޫނު މޫސުމެއް އޮންނަ ތަންތަނަށް ދަތުރު ކުރާނެ ކަމަށް ބެލެވޭތީ ކަމުގައެވެ.
އަހަރު ނިމެންވާއިރަށް 2.5މިލިއަން ޓުއަރިސްޓުން އެގައުމަށް ގޮސްފިނަމަ އޭގެ މާނަޔަކީ ފަހު ހަތަރުމަހު އެކަނި މިލިއަނެއް ހާ ޓުއަރިސްޓުން ދިއުމެވެ.
މިއަހަރުގެ މިހާތަނަށް ސްރީލަންކާ އަށް ގޮސްފައިވަނީ އެވްރެޖްކޮށް މަހަކު 190.000ހާސް ޓުއަރިސްޓުން ކަމަށް ވެއެވެ.ނަމަވެސް ނޮވެމްބަރ ޑިސެމްބަރ މިދެމަހު،މަހަކު 3000،000ޓުއަރިސްޓުން ދާނެ ކަމަށް އެގައުމުން އުންމީދު ކުރެއެވެ.
ދިވެހިރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.4މިލިއަން ޓުއަރިސްޓުން އައިސްފައިވެއެވެ.26 އޮގަސްޓްގައި ހާމަ ކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެހާތަނަށް ރާއްޖެޔަށް 1.43މިލިއަން ޓުއަރިސްޓުން އައިސްފައި ވެއެވެ.މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި އައި ޓުއަރިސްޓުންނަށް ވުރެ 3.8އިންސައްތަ މަދު އަދަދެކެވެ.
ރާއްޖެއަށް މިއަހަރު އެއް މިލިއަންވަނަ ޓުއަރިސްޓުން އައިސްފައިވަނީ ޖޫން 21 ގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް