ދިވެހިންގެ ރާއްޖެއެއް ބިނާކުރުމަށް 10-15 އަހަރު އެއް ވެެރިކަމެއް އޮންނާނެ ގޮތް ހަދަންޖެހޭ: ޢަބްދުއްރަޙީމް

Loading

Facebook
Twitter
WhatsApp

އަމާޒަކީ ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާކުރުމަށްޓަކައި 10 ވަރަކަށް 15 ވަރަކަށް އަހަރު އެއް ވެެރިކަމެއް އޮންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރުން ކަމަށް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މިއަދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށް ހުޅުމާލޭގައި ކުރިޔަށް ގެންދާ ހަރަކާތް ފަށްޓަވައިދެއްވުމަށްފަހު ’އަސްލު ޓީވީ‘ އަށް ދެއްވި ބަސްދީގަތުމެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ މައިގަނޑު އަމާޒަކީ ރާއްޖެ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށްދީ ދިވެހިންގެ ރާއްޖެއެއް، ދިވެހިން އެދޭ ގޮތަށް ބިނާކުރުމަށްޓަކައި 10 ވަރަކަށް 15 ވަރަކަށް އަހަރު އެއް ވެެރިކަމެއް އޮންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެގޮތުން އަމާޒަކީ ކާމިޔާބުކަމާއެކީގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ދެމިގެން ދާނެ ގޮތަކަށް ޕާޓީގެ މަސައްކަތް ބައްޓަންކުރުން ކަމަށެވެ.

ކޮންގްރެސް ޕާޓީން އައީ މި ފަސް އަހަރު އެކަނި ވެެރިކަން ކުރާ ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މުޅި ޕީއެންސީ އޮތީ ރައީސް ޑރ. މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ ވިސްނުމުގައި ކަމަށާއި މިހާރު ކުރަމުން މިދަނީ އެ މަސައްކަތް ކަމަށެވެ.

އެކަން ކާމިޔާބުކުރާނެ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް