ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

Loading

Facebook
Twitter
WhatsApp
AA PHOTO

މާލޭ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓު ލިބުނީ ރޭ 22:01 ހާއިރުު ކަމަށެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Loading

One Response

  1. ތިޔަ ކަމުގެ ޙައްލަކީ ޢުމަރު….ދެން އޮތީ

    މަސްފެންގަނޑާއި ދޫނި ކޮށްޓާއި ހެދުމުގެ ބަދަލުގައި މިސްކިތް ތަކުގައި ފައިވާނާއި ބޫޓް ވާރެއިން ހިޔާވާނެ ތަނެއް ހަދާބަލަ….ގަމާރީތަ…ދެރަކަމެއް..ރާއްޖޭގެ ގިނަ މިސްކިތްތަކުގައި އެފަދަ ތަންތަން ނުބަހައްޓަނީ ކީއްވެބާ؟ ޑިޒައިން ކުރާމީހާގެ ބޮލުގައި އެކަން އަޅުވައިގެން ތިބީތަ؟ ބަލަ އެކުރެހުން ފާސްކުރާ ބަޔަކު ވެސް ނުތިބެނީތަ؟…ޙައްލަކީ ޢުމަރު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް