ރައްޔިތަކު ފުލުހުންގެ ކައިރިއަށް ކަމަކު އައިސްފިނަމަ މާޔޫސްކޮށް ނުލާތި:ސީޕީ

Loading

Facebook
Twitter
WhatsApp
ފޮޓޯ:މިހާރު

ރައްޔިތަކު ފުލުހުންގެ ކައިރިއަށް ކަމަކު އައިސްފިނަމަ މާޔޫސްކޮށް ނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އެދިވަޑައިގެންފިއެވެ.

ސީޕީ މިހެން ވިދާޅުވީ ހއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުލުހުންނާއެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސީޕީ އިއްޔެ ވަނީ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައެވެ. މި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވިއެވެ.

ފުލުހުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ކޮމިޝަނަރ ވަނީ ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ކައިރިއަށް އައިސްފިނަމަ ރައްޔިތުން މާޔޫސްކޮށް ނުލެއްވުމަށް އިރުޝާދު ދެއްވާފައެވެ.

މީގެ އިތުރުން ރައްޔިތުންނާ ބައްދަލުވެ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް އެދިލެއްވިއެވެ.

ހަމައެހެންމެ ސީޕީ ވަނީ ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުންގެ ދައުރު މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. މި ދަތުރުފުޅަކީ ހއ. އަތޮޅުގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވާއިރު، މީގެ ކުރިން ދިއްދޫއާއި ކެލާއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިއަދު ހއ. އަތޮޅުގެ އިތުރު ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ކުށުގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް