މާފުށީ ޖަލުގައި ދަންޖެހުނު ޢަބްދުލްޣަނީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އާއިލާއާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ދަންޖެހިގެން މަރުވި ގ.އެއްތެޔޮމާގޭ ޢަބްދުލްޣަނީ އިސްމާޢީލްގެ
ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.

ޢަބްދުލްޣަނީ އިސްމާޢީލް (62 އ) މަރުވީ މިދިޔަ ސެޕްޓެމްބަރު 24 ގައެވެ.

ގޮޅީގައި ދަންޖެހިފައި ހުއްޓާ އޭނާ ފެނުނީ އެ ދުވަހުގެ ހެނދުނު 6:52 ގައެވެ. އެގޮތުން ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު، އެ ދުވަހުގެ 7:21 ގައި އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައެވެ.

ޢަބްދުލްޣަނީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވީ ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު މި މަހުގެ ދެވަނަ ދުވަހު ޢަބްދުލްޣަނީގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޢަބްދުލް ޣަނީއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް