ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ދިވެހި ގޮތްތައް ހިފެހެއްޓުން މުހިންމު: ރައީސް

Loading

Facebook
Twitter
WhatsApp

ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ދިވެހި ގޮތްތައް ހިފެހެއްޓުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާގައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށެވެ. އަދި އެކުވެރިކަމާއި، ހިތްހެޔޮކަމާއި، އަމާންކަމާއި، ރައްކާތެރިކަން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްހަވެރި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު 3 ގައެވެ. މި ދުވަސް ފަތުރުވެރިކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ފެށީ 2021 ގައެވެ.

އޭގެކުރިން ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަސްކަމަށްވާ ސެޕްޓެމްބަރު 27 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް