އިންޑިއާއިން އުފައްދާ އިތުރު 16 ބޭހަކުން ކޮލިޓީގެ ގިނަ މައްސަލަތަކެއް

Loading

Facebook
Twitter
WhatsApp

އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ އިތުރު 16 ޕްރޮޑަކްޓަކުން ގިނަ ކޮލިޓީގެ މައްސަލަތައް ފާހަގަ ކުރެވި، އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ ސީޑީއެސްސީއޯއިން އެލާޓް ކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިއަދު އެދިއްޖެއެވެ.

އެމްއެފްޑީއޭއިން ވަނީ ސީޑީއެސްސީއޯއިން އެލާޓް ކޮށްފައިވާ ބޭހުގެ ލިސްޓް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

އެމްއެފްޑީއޭއިން ބުނީ ސީޑީއެސްސީއޯގެ މި އެލާޓާ ގުޅިގެން ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި މި ބޭސްތައް ހިމެނޭތޯ ބެލުމަށް އެ އޮތޯރިޓީގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ކޮށް މާކެޓް އިވެލުއޭޝަން ހަދާފައިވާ ކަމަށެވެ.

މިގޮތަށް ބެލިބެލުމުން، އެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ބުންޏެވެ.

“ނަމަވެސް، އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.“

ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އިންޑިއާއިން އުފައްދާ 48 ބޭހެއްގެ ކޮލިޓީގެ މައްސަލަތައް ފާހަގަ ކުރެވި، އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ ސީޑީއެސްސީއޯއިން އެލާޓް ކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިއްޔެ ވަނީ އެދިފައެވެ.

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންްގ. ފޮޓޯ: ޕީއެސްއެމް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް