އަހަރުގެ ފުރަތަމަ 8 މަހުގައި 282 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

Loading

Facebook
Twitter
WhatsApp

ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 282 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖެނުއަރީން ފެށިގެން އޮގަސްޓުގެ ނިޔަލަށް މަސްތުވާތަކެއްޗާ ގުޅޭ 113 އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެ އޮޕަރޭޝަންތަކުގައި 8،554 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންތަކުގައި 712 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި އޮޕަރޭޝަންތަކުގައި 158.8 ކިލޯގެ މަސްތުވާތަކެއްޗާައި 5,252 ބަނގުރާ ފުޅި އަތުލައިގަނެފައިވާއިރު، އެ ތަކެތީގެ މަގުމަތީ އަގު 282.2 މިލިއަން ރުފިޔާއަށް އަރައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާގުޅޭ 475 މައްސަލައެއް ފުލުހަށް ހުށަހެޅިއެވެ. އަދި 230 މައްސަލައެއްގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް