ސައްހަ ނޫން ބަޔާން ދައުރުކުރި މައްސަލައިގައި ޠައްޔިބު ފުލުހަށް ހާޒިރުކޮށްފި

Loading

Facebook
Twitter
WhatsApp

ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރި މައްސަލާގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ޠައްޔިބު އެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.

އޭނާ ހާޒިރުކޮށް ސުވާލުކުރީ ކޮން ދުވަހަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ވަނީ ޠައްޔިބު ފޯނާއި އިލެކްޓްރޯނިކްސް ބައެއް ސާމާނު ހިފަހައްޓާފައެވެ. އޭގެތެރޭގައި ލެޕްޓޮޕަކާއި ހާޑް ޑްރައިވްއަކާއި ފަސް ޕެންޑްރައިވް ހިމެނެއެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޒައާމަތުގައި ވެސް ކޯޓު އަމުރެއްގެ ދަށުން ޠައްޔިބުގެ ފޯނާއި އިލެކްޓްރޯނިކްސް ސާމާނު ހިފެހެއްޓިއެވެ. އޭރު އޭނާ ހައްޔަރުކޮށް ޖަލަށްވެސް ލިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް