ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ޑޮކްޓަރު މުނާ

Loading

Facebook
Twitter
WhatsApp

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ޑޮކްޓަރު ފާޠިމަތު މުނާ އައްޔަންކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ޑރ. މުނާ މި މަގާމަށް އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކުރީ މިއަދު ހެނދުނު ލޯކަލް ގަވަރމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަ ދައްކަވަމުން ޑރ. މުނާ ވިދާޅުވީ ތަޖުރިބާ ލިބިލައްވައިފައިވާ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ސަރުކާރުން ލޯކަލް ގަވަރމަންޓް މިނިސްޓްރީއާ މަތިކޮށްފައިވާ ޒިންމާތައް މިނިސްޓަރު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް ހާސިލުކުރަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާއާއި، މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް