ނަތަންޔާހޫ މަރާލުމުގެ އެޑްވާންސަކަށް އެއްމިލިއަން ޑޮލަރު

Loading

Facebook
Twitter
WhatsApp

އޭބީސީ ނިއުސް ގެ ޖޯރޑަނާ މިލަރ އާއި ޖޯ ސިމޮނެއްޓީ ދިފައިވާ ޚަބަރެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އެހެން ބައެއް ސިޔާސީ އިސްވެރިން މަރާލުމުގެ އެޑްވާންސަކަށް އެއްމިލިއަން ޑޮލަރު ބޭނުން ކަމަށް އިސްރާއީލުގެ ވިޔަފާރި ވެރިޔަކު އީރާނުގެ އޭޖެންޓަކު ކައިރީ ބުނި ބުނުން ތަހުގީގު ކުރަން ފަށައިފިއެވެ.

އަޝްކެލޯންގައި ދިރިއުޅޭ އިސްރާއީލުގެ މި ވިޔަފާރިވެރިޔާ އުމުރުން 73 އަހަރުގެ މޯޓީ މަމާން ތުރުކީގެ މަގުން ދެފަހަރު އީރާނަށް ގޮސްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންކަމުން މި ރޭވުމުގައި އީރާނާ ގުޅުން ހުރެދާނެ ކަމަށް އިސްރާއީލުގެ ފުލުހުން ޝައްކުކުރެއެވެ.

މިއީ ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުގެ ބަދަލު ހިފުމަށް ރާވާފައި ރޭވުމެއްކަމަށް މިހާރުގެ އިސްރާއީލުގެ ޝިން ބެއިތު ( އިސްރާއީލުގެ އެތެރޭގެ ސެކިއުރިޓީއާ ބެހޭ އިދާރާ ) އާއި ފުލުހުން ތުހުމަތު ކުރެއެވެ. ( އަޅުގަނޑުމެން މިހާރުގެ އިސްރާއީލޭ ބުނެފައިވަނީ މީގެ ކުރީގައި އިސްރާއީލު ކިޔާ ގައުމެއް ނޯންނާތީއެވެ. )

އެ ބަޔާނުގައި މޯޓީ މަމާން އަކީ ޔޫރަޕާއި އެމެރިކާގައި ތިބި އީރާނާ ދެކޮޅު ފަރާތްތައް ދެނެގަތުމުގެ ބޭނުމުގައި މޮސްއަދުގެ ޑަބަލް އޭޖެންޓެއް ހޯދައި އިސްރާއީލުގެ ތެރޭގައިތިބި އީރާނަށް ވާގިވެރި ވެދީފާނެ އެމެރިކާއާއި ރަޝިޔާއަށް ނިސްބަތްކުރެވޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ފައިސާ ހޭދަކުރަން ހަވާލުކޮށްފައިވާ އޭޖެންޓެއްކަމަށް ތުހުމަތު ކޮށްފައިވެއެވެ. މަމާންއާއި ގުޅިފައިވަނީ އީރާނުގެ ވިޔަފާރި ވެރިއެއް ކަމަށްބެލެވޭ އެޑީ ( އަސްލު ނަމެއް ނޭންގޭ ) އެކެވެ. މި ދެ ފަރާތް ގުޅުވާދިނުމުގައި އީރާނުގެ އިންޓެލިޖެންސް އޭޖެންޓެއް ކަމަށް ލަފާކުރެވޭ ކޮނެމެސް ހައްޖާ އަކާއި އަދި އެހެން އިންޓެލިޖެންސް އޭޖެންޓުން ބައިވެރިވެފައިވާކަމަށްވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައި ވެއެވެ.

އިސްރާއީލުގެ ބަޔާނުގައި ބުނެފައިވާ ގޮތުން 73 އަހަރުގެ މަމާން ވަނީ މިއަހަރު މޭ މަހާއި އަދި އޯގަސްޓް މަހުގެތެރޭގައި އީރާނަށް ދަތުރު ކޮށްފައެވެ. އެއީ ތުރުކީގެ މަގުން ދަތުރުކުރި ޓްރަކެއްގެ ތެރޭގައި ފޮރުވިގެންކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރާއި ބައެއް އެހެން ސިޔާސީ އިސްމީހުން މަރާލުމުގެ އަގުގެތެރެއިން ފުރަތަމަ އެއް މިލިއަން ޑޮލަރު ދިނުމަށް މޯޓީ މަމާން ޝަރުތުކޮށްފައިވާކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ކަމަށާއި އެހެންނަމަވެސް އިރާނުގެ އޭޖެންޓުން އެ ފައިސާ ކުރިން ދިނުމަށް އިންކާރުކޮށް ފަހުން ގުޅާނެކަމަށް ބުނެފައިވާކަން އެނގިފައިވާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އީރާނުގެ އޭޖެންޓުންނާއި ބައްދަލުކުރުމުގެ އަގެއްގެ ގޮތުން 558000 ޔޫރޯ މަމާންއަށް ވަނީ ލިބިފައެވެ. މަމާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އިސްރާއީލުގެ އެތެރޭގެ ސަލާމަތާ ބެހޭ މުއައްސަސާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށާއި އަދި އިސްރާއީލުގެ އެތެރޭން އިރާނުންބޭނުންވާފަދަ ޖިނާއީ ބެކްގްރައުންޑެއް އޮތް މީހަކު ނުހޯދާ ހުއްޓާ ނުލާނެކަން ޔަގީން ކުރެވޭ ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ކަށަވަރު ކުރެވޭ ކަމަށް ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް