ފިލައިގެން އުޅޭ ބިދޭސީން ހިމެނޭހެން، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް ހިފަހައްޓައިފި

Loading

Facebook
Twitter
WhatsApp

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް ހިފަހައްޓައިފިއެވެ.

މޯލްޑިވްސް އިމިގުރޭޝަނުން ރޭ ބުނީ ޓާސްކު ފޯސް އަށް ލިބުނު މައުލޫމާތެއްގެ އަލީގައި، ބުރާސްފަތި ދުވަހުގެރޭގައި ހ.ކަޅުހުރާގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި ތަނުގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 6 ބިދޭސީއަކު ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޓާސްކު ފޯސް އަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ އިތުރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މާލޭގެ ހެންވޭރަށް ނިސްބަތްވާ މި ގޭގައި ދިރިއުޅެމުންދިއަ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް