މާލެ ސިޓީގެ ތޮށިގަނޑު މަރާމާތު ކުރަން ޖަޕާނާއެކު ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

މާލެ ސިޓީގެ ތޮށިގަނޑު މަރާމާތު ކުރަން ޖަޕާނު ސަރުކާރާއެކު ދިވެހި ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ޖަޕާނުގެ އިކޮނޮމިކް އަދި ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުންނެވެ. މި މަސައްކަތަށް 140،000 ޑޮލަރު ޖަޕާނުގެ ސަރުކާރުން ދޭނެެއެވެ.

މިއަދު ހާރިޖީ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ ވަޒީރު މޫސާ ޒަމީރެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ތަކެއުޗި މިދޮރިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވަޒީރު ޒަމީރު ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީން މާލެ ސިޓީ ސަލާމަތްވުމުގައި ޖަޕާނުން 1990 ވަނަ އަހަރުގައި މާލެ ވަށާއިގެން އަޅާފައިވާ ތޮށިގަނޑު ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ މި މަޝްރޫޢުއާއެކު އެ ތޮށިގަނޑު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަޕާނުން ރާއްޖެއަށް ވެދެމުންދާ އެހީއަށް ޝުކުރު އަދާކުރައްވާ ޖަޕާނުން ކޮށްދޭ މަސައްކަތްތަކަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް