ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމަށް ކޮމިޓީން ރުހުންދީފި

Loading

Facebook
Twitter
WhatsApp

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޢައްބާސް ޝަރީފް އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.

ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމާގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ސިޓީ އިއްވެވީ މަޖިލީހުގެ ދައުރުން ބޭރުން މި މަހުގެ 11 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައެވެ

އެގޮތުން ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ހަމަ އެރޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.

މައްސަލަ ދިރާސާކުރުމަށް އެ ކޮމިޓީން އެ ރޭ ބޭއްވި ބައްދަލުވުމަށްފަހު މިއަދު ކޮމިޓީން ވަނީ ޢައްބާސާ އިންޓަވިއުކޮށް މައްސަލައާމެދު ގޮތެއް ނިންމައިފައެވެ.

ޕީޖީ ކަމަށް ޢައްބާސް އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކުރީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޢައްބާސަކީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޢައްބާސަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ފޮޓޯ: މިހާރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް