ހުޅުމާލޭގައި ލޮރީއަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Loading

September 16, 2024
profile
Facebook
Twitter
WhatsApp

ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ބުރިޖު މަތީގައި ލޮރީއަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ބުރިޖު މަތީގައި ލޮރީއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެގޮތުން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް މެސެޖުގައި ބުނެފައިވެއެވެ.

މި އެކްސިޑެންޓްގައި، ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް