ވައްކަމާއި ފޭރުން އިތުރުވަނީކީއްވެ؟

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ވެރިކަން ކުރާ މައި ރަށަކީ ފުރަމާލެއެވެ. މާލެއަކީ ސިފައިންނާއި ފުލުހުން އެންމެގިނައިން ޙަރަކާތްތެރިވާ ރަށްވެސް މެއެވެ. މާލޭސަރަޙައްދުގައި ސީސީޓީ ކެމަރާތައްވެސް އިންތިހާއަށްގިނައެވެ. ބިމުގެ ނިސްބަތަށް ބަލާއިރު ކިރިޔާ އަކަކިލޯމީޓަރެއް ހަމަވާ މާލޭ ސަރަޙައްދުގައި މަރާމާރީއާއި ވައްކަމާއި ފޭރުމާއި މީހުން ރަޙީނުކުރުންފަދަ ނުރައްކާތެރި އެތަކެއް ކާރިސާ ނުހިނގާ ދުވަހެއް ވަރަށްމަދެވެ. މީ ބޮންބޭ ހެއްޔެވެ؟

  ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ ރައްޔިތުންގެ ޖީބުން ދުވާލަކު އެތަށް ޚަރަދެއް ހިނގަމުން އެބަދެއެވެ. ކަން މިހެން ހުރިނަމަވެސް މިފަދަ ކުޑަ ކުޑަ ފަސްގަނޑެއްގައި ބިރުވެރި ނުރައްކާތެރި ގިނަ ގުނަ ކާރިސާތައް ހިނގަމުން މިދަނީ ކީއްވެގެންތޯ ސުވާލު ނުއުފެދޭ ރައްޔިތަކު ހުރިހެނެއް ހީއެއްނުވެއެވެ. މާލޭ ސަރަޙައްދު ބެލެހެއްޓޭވަރަށް ފުލުހުން ނެތީ ތޯއެވެ. ސިފައިން ނެތީތޯއެވެ. ނޫންނަމަ މާލެ ސަރަޙައްދު ބެލެހެއްޓޭނެ ފަދަ ވަސީލަތްތައް ގާއިމް ކުރެވިފައި ނެތީތޯއެވެ.

  ނޫންނަމަ ސިފައިންނާ ފުލުހުންނަށް ދައުލަތުން މުސާރަ ނުދެނީހެއްޔެވެ. ރައްޔިތުންގެ ސުވާލަކީ މިފަދަ ކުޑަކުޑަރަށެއް ނުބެލެހެއްޓި މިހާގިނަގުނަ ކާރިސާތައް ހިނގަން މެދުވެރިވާ ސަބަބަކީ ކޮބައިހެއްޔެވެ. ރައްޔިތަކަށް އަމާންކަމާއެކު މަގުހިނގޭކަށް ނެތެވެ. ފޯނާއި ވޮލެޓްވެސް ފޭރިގެން ދަނީއެވެ. އަންހެނުންގެ އަތްދަބަސް ވެސް ޖަހައިގަނެގެން ފިލަނީއެވެ. ރައްޔިޔުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ ގާނޫނުތަކުން މަތިކުރެވިފައިވާ ފަރާތްތަކުން ކޮށްގެން ތިބޭ ހުވަޔަކީ ތާކުންތާކު ނުޖެހޭ ދޮގު ހުވައެއް ތޯއެވެ.

 ރައްޔިތުން ރައްކާތެރި ނުކުރެވޭ ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ވައްކަން ކޮށް ފޭރުން ގިނަވަނީ ރައްޔިތުންގެ ތެރޭގައި ހައިހޫނުކަން ބޮޑުވާތީ ކަމަށް ބަލަން ޖެހެއެވެ. މައްސަލައަކީ އެފަދަ ޙާލަތަކަށް ގައުމު ވެއްޓި ދިއުމެއް ނޫނުނެވެ. މިފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ގާނޫނުތަކުން މަތިކުރެވިފައިވާ ފަރާތަކުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކާ އިޚުލާސްތެރި މަސައްކަތް ތަކެއް ނުކުރުމެވެ. ނޫންނަމަ މިފަދަ ކުޑަ ކުޑަ ފަސްގަނޑެއްގައި މިފަދަ ގިނަގުނަ ބިރުވެރި ނުރައްކާތެރި އެތައްކަމެއް ނުހިނގީހެވެ.

 މިދެންނެވީ ކޮންމެ ރައްޔިތެއްގެ ފަހަތުގައި ފުލުހަކު ބަހައްޓާވާހަކައެއްނޫނެވެ. އެކްސިޑެންޓްތައް ގިނަވަމުންދާތީ މަގުތަކަށް ފުލުހުންވެސް ނެރެނީ ނޫން ހެއްޔެވެ. ހަމަ އެބީދައިން މަގުތަކުގައި ހިނގާ ނުރައްކަލުން ފުރިގެންވާ ކަންކަން ބަލަހައްޓާނޭ ފުލުހުންވެސް ބޭތިއްބިދާނެ ނޫންހެއްޔެވެ. މިހެން ދަންނަވަން މިޖެހެނީ އެންމެނަށްވެސް އުޅެވޭނީ މަގުމައްޗަށް ނުކުމެގެން ކަމަށްވާތީއެވެ. ރައްޔިތުންގެ ޖީބުން މުސާރަޔާ އިނާޔަތާ ބޭސް ފަރުވާޔާ އަދި މިނޫންވެސް  އެތަކެއްޚަރަދު ފުލުހުންނަށް އެބަ ކުރެވެއެވެ. މިޚަރަދުތަކަކީ އެވެރިން ފުއްޖައްސައިގެން ދެއިރު ދެދަޅަޔަށް މަގުމައްޗަށް ނެރެ އަންހެންކުދީންނަށް ތިއްތި ދެއްކެން ކުރާ ޚަރަދެއް ނޫނެވެ.

 މި އުޅެނީ ރައްޔިތުންނަށް މަގުމަތީގައި ރައްކާޔެރި ކަމެއް ނުލިބިގެންނެވެ. މާލޭ ސަރަޙައްދު މިސަރުކާރުން ބަލަހައްޓަން ބޭނުން ނުވަނީ ތޯއެވެ. އިތުރަށް ފުލުހުން ބޭނުންވަނީ ތޯއެވެ. ޢާންމު ރައްޔުތުންވެސް ތިބީ ފުލުހުންނާ ބައިވެރިވެ މާލޭގެ މަގުތައް ރައްކާޔެރި ތަނަކަށް ހެދުމަށް ކަމަރު ބަންނަން ތައްޔާރުގައެވެ. މާލެ ސަރަޙައްދު އޮތީ ސަރުކާރުތަކުގެ ނާތަހުޒީބު ޢަމަލް ތަކުގެ ސަބަނުން ފުރިބާރުވެ ތޮއްޖެހިފައެވެ. މާލޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ އެތައްލައްކަމީހުން ވަޒަންވެރިވެފައި އެބަތިއްބެވެ.

  އަދިވެސް މިކަން ޙައްލު ކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް ސަރުކާރަކުން ނުގެން ގުޅެއެވެ. އަދިވެސް ފުލެޓް އަޅައި ރާއްޖެތެރެއިން މާލެއަށް މީހުން އެއްކޮަށް މާލޭގެ ސަރަޙައްދު ތޮއްޖެއްސުމަށް ކުރެވޭ މަސައްކަތް އޮތީ ކުރިއަށެވެ. ސިފައިންނާއި ފުލުހުންނަށް މާލޭގެ ސަރަޙައްދު ރައްކާތެރި ތަނަކަށް ހެދެން ޖެހޭނެއެވެ. އަނެއްކޮޅުން ވަގުންނާއި ގާތިލުން އެޑްވާންސް ވެ މީހުންމެރުމާއި މީހުންގެއްލުވާލުމުގެ ކަންކަން އެއޮތީ މިފަދަ ކަންކަން ބަލަހައްޓަން ތިބޭ ފަރާތްތަކަށްވެސް އޮޅުވާ ލެވޭ ފެންވަރަށް ކުރިއަރާފައެވެ.

 ރުކެއް ގަހެއް ނެތް ފިނޮޅަކަށް އެތައްބަޔަކާއެކު ދަތުރު ދިޔަމީހާ އެވަނީ އަރުއްވައިގެންފައެވެ. ބަޔަކު ޙައިރާނެއްފަހެ ނުވާނޭހެއްޔެވެ. ސިފައިންނާއި ފުލުހުންނާއި ތަޙުގީގީ އިދާރާތަކާއި ފޮރެންސިކް ޓީމުތައްވެސް ތަންކޮޅެއް އެޑްވާންސް ވާން ވެއްޖެ ނޫންހެއްޔެވެ.

މާލެއެކަންޏެއްނޫނެވެ. މުޅިރާއްޖެވެސް އޮތީ ނުރައްކާތަކުން ސަލާމަތް ނުވެވިފައެވެ. ބަޔަކު ރިޕޯޓެއް ނުކުރަންޏާ ކަމާއިބެގޭ އުދާރާތަކަށް އެނގޭ ކަމަކަށްނުވެއެވެ. މީހަކު ރިޕޯޓެއް ކޮށްގެން ތަނެއްބަލާފާސްކުރުމަށްފަހު ބޭނުންކުރަނީ އިންޓެލިޖެންސުން ހޯދީކަމެއްކަން ދޭހަވާފަދަ ޢިބާރާތެކެވެ. ފުލުހުންގެ އަމިއްލަ އިންޓެލިޖެންސެއް ނެތެވެ. މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހަކު ނޮޅާލާ އަތުގައު ހުރި ހުރިހާއެއްޗެއް ފޭރިގަނެގެން ދާއިރު ދުވަހަކުވެސް ފުލުހަކަށް ފެނިގެން އެފަރާތެއް ހައްޔަރު ކުރިވާހަކަ ތިބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު އަޑުއެއްސެވިންތޯއެވެ.

ފުލުހުންނަށް މަގާމު ޙަވާލު ކުރާ މަގުޞަދު ގިނަފުލުހުން ގަބޫލުކުރާހެން ހީއެއްނުވެއެވެ. ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރާ ފަރާތެވެ. ރައްޔިތުން ރައްކާތެރި ކުރާފަރާތެވެ. ރައްޔިތުންނަށް އަމާންކަމާއި މިނިވަންކަމާއެކު ހިނގާނެ މަގު ދައްކައިދޭ ފަރާތެވެ. ގާނޫނަކީ ރައްޔިތުން އޮޅުއަޅުވަން ބޭނުންކުރާ އޮތްބެއް ނޫނެވެ. ގާނޫނަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮއްދޭ އޮބިއެވެ. އެހެނަސް މީހަކު ހިފާހައްޔަރު ކުރަނީ ބިރުދައްކާ އެމީހަކު ބިރުން ހުން އަންވަރު ކޮށްގެނެވެ.

  މިރާއްޖޭގައި ފުލުހުންނަށް ތަމްރީނު ދެމުން އައިސްފައިވަނީ އެވޭލާޒަމާނުގައި ފުލުހުން ތަންރީނު ކުރި ގޮތަކަށް ނޫނެވެ. އޭރު ފުލުހުން ނުވަތަ ސިފައިން ތަމްރީނު ކުރަނީ އިސްލާމީމިންގަނޑުގެ ތެރެއިން އިންސާނީ ކަރާމަތަށް ހުރަސް ނޭޅޭގޮތަށެވެ. އެހެނަސް މިހާރު ފުލުހަކު ރައްޔިތަކު ހައްޔަރުކުރާނަމަ އެފުލުސްމީހާގެ ކިބައިން ފެނިގެންދަނީ މިނިކާވަގެއްގެ އަތުގައި އިންސާކު ޖެހުމުން ކަންކުރާގޮތަށޭ ބުނުމަކުން މާބޮޑު ދޮގަކަށް ނުވާނެއެވެ.

 ކޮންމެއަކަސް މާލޭގެ މަގުތަކުން ގެއްލިފައިވާ އަމާންކަމާއި މިނިވަންކަން އަލުން އެވަނީ ހޯދައިދޭން ޖެހިފައެވެ. ކުޑަ ކުޑަ އަންހެން ކުދިންވެސް ގެއްލެނީއެވެ. އަދި އަންހެންކުދިން ދައުވަތު ދީގެން ފިރިހެނުން ގެންގޮސް ޖަމާޢަތް ހަދައިގެން ފޭރެނީއެވެ. އަދި ނުކުޅެދޭމީހުން ގެންގޮސް އެމީހުނާވެސް ބެހެނީއެވެ. މުސްކުޅިންނަށް ވަޅިންބިރުދައްކައި ކޭޝްކާޑު އަތުލާ އޭޓީއެމްތަކުން ފައިސާވެސް ނަގަނީއެވެ. މީހުންގެ ފޯނުތައް ހެކްކޮށް އެކައުންޓްތަކުގެ މަޢުލޫމާތު ނަގާ އެފަދަ އެކައުންޓްތައް ދޮވެލަނީއެވެ.

 ދާދި ފަހުން ގާސިމްގެ ބޯޓެއްގެ މަސައްކަތް ކުރާ އެސިސްޓެންޓް އިންޖިނޭރަކު ބުންޏެވެ. އޭނާ މާވެޔޮމަގުގެ ގޯޅިއަކަށް ވަންތަނުން 3 ފިރިހެނަކާއި އަންހެނަކު އައުސް ބުންޏެވެ. ބޭބޭ އެވެ. މިއަންހެންކުއްޖާއެހުރީ ގެއިން ބޭރު ކުރުމުގެސަބަބުން ރޭއްސުރެ ބަނޑަށެވެ. ލާރިއެއް ދެވިދާނޭހެއްޔެވެ.

އެހެން ބުނުމުން ލާރިއެއްދޭން ވޮލެޓްނެގުމާއެކު އެތަނުން ދެފިރުހެނުންއައިސް ވޮލެޓް ފޭރިގަތީއެވެ. ވޮލެޓްގައި އިނީ 4 ސަތޭކަ ރުފިޔާއާއި ކޭޝްކާޑެވެ. އެހެންކަމުން އޭނާއެދުނީ ލާރިކޮޅުނަގާފައި ވޮލެޓް ދިނުމަށެވެ.

  ދެންހުރި ފިރިހެންމީހާ ބުންޏެވެ. ކޭޝްޑުގައި ރުފިޔާ ހުންނާނެ ހެއްޔެވެ. އެނާ ބުނީ ނުހުންނާނޭ ކަމުގައެވެ. އެހެނަސް އެމީހުން އެކަން ގަބޫލުނުކޮށް އޭނާގޮވައިގެން އޭޓީއެމަށް ގޮސް ބިރުދައްކައިގެން ޕިންނަމްރު ބުނުވީއެވެ. ބެލެންސް ބެލިއިރު 17000 ރުފިޔާ އިނެވެ. އެފައިސާ އެކީ ނެގުމަށްފަހު އެނާ ދޫކޮށްލީއެއް ނޫނެވެ. އެއީފަތިހު އޭނާބޯޓަށް ދާންނުކުތްތަނުން ދިމާވި ބައެއްކަމަށް އޭނާ ބުންޏެވެ. ދެން އޭނާގޮވައިގެންގޮސް ހަމަ އެގޯޅިއަށް ވައްދާފައި ދޫކޮށްލީއެވެ. ދޫކޮށްލަމުން ވޮލެޓާއި ސަތޭކަރުފިޔާ ދިނެވެ. ބުންޏެވެ ކަލޭ މިވާހަކަ ކަމާއި ބެހޭ އެެއްވެސްފަރަތަކަށް ހުށަހަޅައިފިނަމަ ކަލޭ މަރާލާނަމެވެ. މިހިރީ މަގުތަކުގެ އަމާންކަން ހުރިހިސާބެވެ. އެރޭ އެމީހުންނާއެކު ދެގަޑިއެއްހާއިރުމަގުމަތީގައި އުޅެވުނު އިރު އެހީތެރިކަމެއް ދޭނެ ފަރާތެއް ނުވީތީ އޭނާ ހުރީ ވަރަށް ދެރަވެ ފެންކަަޅިވެފައެވެ. އެނާއަކީ 65 އަހަރުވެފައި ހުރި ނިކަމެއްޗެކެވެ.

Loading

5 Responses

  1. މަށަށް މިހާރު ހީވަނީ ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއްހެން ހީވަނީ ވައްކަންކުރުމާ، ފޭރުމާ، ރަހީނުކުރުން… ދުވަހެއް ދުވަހަކަށް ވަނީ އިތުރު، ފުލުހުންނަކަށް ނުހުއްޓުވޭ، ބޮޑުތަނުން ފެއިލް

  2. ވަރަށްވެސް ފުރިހަމަ ޚަބަރެއް، މިވަދަ ލިއުންތައް ލިއަންވީ، ޤަވްމުގެ ޙާލަތު ރަނގަޅެއް ނޫން ޤަވްމުގެ މިސްރާބު މި ދަނީ ގޯހުން ގޯހަށް، މިކަމުގައި، ކުރިންވެރިކަންކުރި މީހުންވެސް ޒިންމާ އުފުލަން ޖެހޭ، ވަކިން ހާއްސަކޮށް ނިމިދިޔަސަރުކާރުން އެންމެ ފަހުވަގުތު ބޮޑެތި ކުއްވެރިންތަކެއް ޖަލުން މިނިވަންކޮށް ދޫކޮށްލުން ކުއްވެރިކުރަން.. އަމަން އާންމު ގެއްލުވާލުމުގެ ކުށުން ކުއްވެރިކޮށް ފިޔަވަޅުވެސް އަޅާންވީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް