ހުޅުމާލޭގައި ބިނާކުރާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ބިނާކުރާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

މާލޭގައި މިހާރު ހިންގަމުން އަންނަ ހައްޖު ކޯޕަރޭޝަންގެ އޮފީސް މިހާރު ހިންގަނީ އަމިއްލަ މީހެއްގެ އިމާރާތެއްގައެވެ.

ހައްޖު ކޯޕަރޭޝަނުގެ އޮފީސް އިމާރާތް ކުރުމަށް ނިންމާފައިވާ ބިމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި އެ ކޯޕަރޭޝަންގެ އިސްވެރިންނެވެ.

ނުވަ ފްލޯއަށް އިމާރާތް ކުރަން ހަމަޖެހިފައިވާ އެ އިމާރާތް އަޅަނީ އަމިން އެވެނިއު ކުރިމަތީގައި އޮންނަ 5،000 އަކަފޫޓުގެ ބިމެއްގައެވެ.

މިއީ 79.1 މިލިއަން ރުފިޔާއަށް މޯލްޑިވްސް ހައްޖުކޯޕަރޭޝަނުގެ ފަރާތުން މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަސައްކަތް މެޑްޓެކް މޯލްޑިވްސްއާ ހަވާލުކުރީ ދޮޅު އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް