މެރިޓައިމް ސިނާއަތާގުޅޭ ސެމިނާއެއް މިރޭ

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އެ ޔުނިވާސިޓީ އިން ހިންގާ އިލްމީ ފޯވަހީގެ ދަށުން މެރިޓައިމް ސިނާއަތުގައި ދުރުންދޭ ތައުލީމާއި އީލަރނިންގއާ ގުޅޭ ސެމިނާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މި ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެމްއެންޔޫގެ ސެންޓަރ ފޮރ މަރިޓައިމް ސްޓަރޑީޒް (ސީއެމްއެސް) ގައި މިރޭ 20:30 ގައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސެމިނާގައި، މެރިޓައިމް ސިނާޔަތު އަދި ކަނޑުމަތީގައި ކުރާ މަސައްކަތްތަކާއި ގުޅޭ ތަމްރީން ފޯރުކޮއް ދިނުމަށް އީލަރނިންގ ސްޓަޑީ މޮޑާލިޓީ ބޭނުންކޮއްގެން ކިޔަވައިދިނުމުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށެވެ.

މި ސެމިނާގައި، ޕެނަލިސްޓުންގެ ގޮތުގައި ސީއެމްއެސްގެ ފަރާތުން ހެޑް އޮފް ސެންޓަރ، ކެޕްޓަން މުޙައްމަދު ޒައިދު، ފާތިމަތު ނާސިހާ ޢަބުލުލް މުޙައިމިން އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން އެ ކުންފުނީގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓްގެ މެރިން ސުޕިރިޓެންޑެންޓްން، މުޙައްމަދު އިމްތިޔާޒު ބައިވެރިވެލައްވާނެއެވެ.

މީގެ އިތުރުން މޮޑަރޭޓަރއެއްގެ ގޮތުގައި ސީއެމްއެސްގެ އެސިސްޓަންޓް މެރިޓައިމް އިންސްޓްރަކްޓަރ، ޙުސައިން ޙަމީދު މޫސާ ބައިވެރިވެލައްވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް