ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމަށް މިއަދު ހުޅުވައިލަނީ

Loading

Facebook
Twitter
WhatsApp

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލަން ނިންމައިފިއެވެ.

ޕީއެންސީއިން ބުނީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލާނެ ކަމަށާއި ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ގެ ނިޔަލަށް ކަމަށެވެ.

އަންނަ އޮކްޓޫބަރު 19 ގައި ބާއްވާ މި އިންތިޚާބުގައި 2095 މަގާމަކަށް މެންބަރުން އިންތިޚާބު ކުރުން އޮންނާނެއެވެ.

އޭގެތެރޭގައި ހިމެނެނީ:

ދާއިރާތަކުގެ ރައީސުން
ނައިބު ރައީސުން
ޒުވާނުންގެ ގޮފީގެ ރައީސް
އަންހެނުންގެ ގޮފީގެ ރައީސް
ދާއިރާތަކުގެ ސްޓިއަރިންގ ކޮމިޓީތައް

އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމަށް އެކުލަވާލައިފައިވާ ކޮމިޓީގެ ޗެއަރ، ހެލްތު މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ ދާއިރާތަކުގެ ރައީސުން އިންތިޚާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ނެތް ދާއިރާތަކަށް އެކަނި ކަމަށެވެ. އަދި މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެބޭފުޅުން ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

ޑރ. ޚަލީލް ވިދާޅުވި ގޮތުގައި ކޮންމެ ދާއިރާއަކަށް ވެސް ނައިބު ރައީސް އިންތިޚާބު ކުރުން އޮންނާނެއެވެ. އަދި ސްޓިއަރިންގ ކޮމިޓީ ވެސް ކޮންމެ ދާއިރާއަކުން އިންތިޚާބުކުރަން ނިންމާފައިވާއިރު، 3000 އަށްވުރެ ދަށުގެ އާބާދީތަކަށް ހޮވާނީ 7 މެންބަރުންގެ ކޮމިޓީއެކެވެ. އަދި 3000 އަށްވުރެ މަތީގެ އާބާދީތަކަށް ހޮވާނީ 9 މެންބަރުންގެ ކޮމިޓީއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް