އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެެއް ދީފި!

Loading

Facebook
Twitter
WhatsApp

ޔަހޫދީ އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިޒްރޭލުން ދަނީ ފާއިތުވި އެގާރަ މަސް ދުވަހު މެދުކެނޑުމެއްނެތި ލުބުނާނުގެ ދެކުނު ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދެމުންނެވެ.

މި ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ ހިޒްބުﷲގެ ހަމަލާތަކަށް ބިރުން ލުބުނާނުގެ ބޯޑަރު ކައިރީގައިވާ ސަރަހައްދުތަކުން 60،000 އަށް ވުރެ ގިނަ އިޒްރޭލު ވަޒަންވެރިން ހުސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިޒްރޭލުން ލުބުނާނުގެ ދެކުނުގެ ޚިޔާމް އާއި އައިތާ އަޝް ޝަބް ރަށްތަކަށް ހަމަލާދީފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އިސްރާއީލުން ވަށާލެވިފައިވާ ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމަށް އަނިޔާވެރި ހަނގުރާމަ ފަށާފައި މިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާތަކުގެ ބަދަލު ހިފުމަށް ހަމާސް ޖަމާއަތުން ފެށި އޮޕަރޭޝަނާއި ގުޅިގެންނެވެ.

އިޒްރޭލުން ވަނީ ފަލަސްތީނު ވަށާލައި އަނިޔާވެރި ޖަރީމާތައް ހިންގަން ފަށާފައެވެ. މި ލާއިންސާނީ ހަމަލާތަކުގައި 46،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް