މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމަށް ދަގަނޑޭ

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސަވާފައިވާ ރަސްމީ ގެކޮޅު، މ.މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) އައްޔަންކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ދަގަނޑޭ އެ މަގާމަށް އައްޔަންކުރީ މިދިޔަ ޖުލައި ފަހުކޮޅުގައެވެ.

ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ދަގަނޑޭ ރަސްމީކޮށް ކުޅުން ހުއްޓާ ނުލި ނަމަވެސް މިހާރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކެނޑިފައިވާތީ އޭނާ ހުރީ ފުޓްބޯޅައާ ދުރުގައެވެ. ނަމަވެސް މާލެއާއި ރަށްރަށުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ކުޅެއެވެ.

މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ ހައިސިއްޔަތުން ދަގަނޑޭ އަދާކުރަންޖެހޭ މައިގަނޑު ޒިންމާތަކެއްގެ ގޮތުގައި އޮންނާނީ އިދާރީ ހިންގުމާއި ޕްރޮޓޮކޯލްގެ ކަންކަމާއި ލޭޒަންގެ މަސައްކަތެވެ.

ދަގަނޑޭ މި މަގާމަށް އައްޔަންކޮށްފައިވާއިރު، މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކޮށްފައިވަނީ މަޝްހޫރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް