އާރްއޭސީއެލް، އެމްއޭސީއެލްގެ ދަށަށް އަދި އެފްޑީސީ، އެޗްޑީސީގެ ދަށަށް ގެންނަނީ

Loading

Facebook
Twitter
WhatsApp

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ދަށަށް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ބަދަލުކުރުމަށް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުން ވަނީ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއް ރައީސް އޮފީހުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކޮށްފައެވެ.

ރައީސް ވިދާޅުވީ ކެބިނެޓުގައި މިއަދު މަޝްވަރާކުރައްވާނެ އެންމެ މުހިންމު އެއްކަމަކީ ރީޖަނަލް އެއާޕޯޓްސް ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކުންފުނީގެ ދަށަށް ބަދަލުކުރުމާ ގުޅޭ ގޮތުން ކަމަށާއި އެއީ ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން އެފްޑީސީ، އެޗްޑީސީގެ ދަށަށް ބަދަލުކުރުމަށް ނުވަތަ ދެ ކުންފުނި އެއްކޮށްލުމަށާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ބިޒްނަސް ސެންޓްރަލް ކޯޕަރޭޝަން (ބީސީސީ) މި ދެ ކުންފުނި އެކީގައި މަސައްކަތް ކުރުމާބެހޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު އަދި ކުރިއަރާފައިވާ ކުދި ބައެއް ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް އިގުތިސާދު ޑައިވަރސިފައިކުރުމަށް އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމެއް ތައާރަފުކުރުމާގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި
މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ އިއުލާނުކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް