ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޒަށް ލިޔުން ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙުކޮށް، ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޒަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ފޮނުވަން ހަމަޖެހިފައިވާ އަލްޙާފިޡް ޢަލީ ރަޢީފުއަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. 

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، މިއަދު މި މަޝްރޫޢު ލޯންޗުކުރެވި ޢުމްރާ ދަތުރު އެރުވިފައި މިވަނީ އެއްވަނަ ދަރަޖައިގައި ޤުރުއާނުގެ އާޔަތްތަކުގެ ނަމްބަރާއެކު ހިތުދަސްކޮށްފައިވާ ޙާފިޡަކަށް ކަމަށެވެ. އަދި މިކަމަށްޓަކައި ރަޢީފްއަށާއި ރަޢީފްގެ މައިންބަފައިންނަށް ވަޒީރު ވަނީ ތަޙުނިޔާއާއި މަރުޙަބާ ދަންނަވާފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށެވެ. 

ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެށުމަށް ހަމަޖެހިފައިވާކަންއިޢުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޑރ.ޝަހީމް ވާހަކަފުޅު ދައްކަވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް