ރާއްޖޭގެ އާބާދީގެ ނިސްބަތުން ކޮންމެ 10 މީހަކުން އެކަކީ ފަގީރެއް:ޑރ.ހައިދަރު

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އާބާދީގެ ނިސްބަތުން ރާއްޖޭގެ އާބާދީގެ ނިސްބަތުން ކޮންމެ 10 މީހަކުން އެކަކީ ފަގީރެއް ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

މިހާރު އުޒްބަކިސްތާނުގައި ކުރިއަށްދާ މަލްޓިޑައިމެންޝަނަލް ޕޮވަޓީ ޕިއާސް ނެޓްވޯކްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެމްޕީއައި ބަލައިގަތުމަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު އެކި ދާއިރާތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގެ ފުރުސަތު ސަރުކާރަށް ލިބޭނެ ކަމެއް ކަމަށެވެ

 ހަމައެހެންމެ ރާއްޖެ އިތުރަށް ތަރައްޤީކުރާއިރު ވެރިކަންކުރާ މާލެއާއި އަތޮޅުތެރެ ހަމަހަމަކަމާއެކު ތަރައްޤީ ކުރަން ޖެހޭ ކަމަށާއި، އެގޮތަށް ކަންކަން ބައްޓަން ކުރުމަށް އެމްޕީއައިގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބޭކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވެސް އަމާޒުހިފައި ވަނީ ސަބްސިޑީއާއި އިޖުތިމާއީ އިނާޔަތްތައް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށާއި އެމްޕީއައި ތައާރަފްކުރުމާ އެކު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅިގެން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް ދެނެގަނެ އެ ނިސްބަތް ދަށްކުރުމަށް މަސައްކަތްތަކެއް ފަށައިފައި ކަމަށް ހައިދަރު ވިދާޅުވިއެވެ.

އެގޮތުން 2020 ވަނަ އަހަރު އެމްޕީއައިގެ ފުރަތަމަ ހޯދުމުން އެނގިފައިވާ ގޮތުން ރާއްޖޭގެ އާބާދީގެ ނިސްބަތުން ކޮންމެ 10 މީހަކުން އެކަކީ ފަގީރެއްކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ އާބާދީގެ 28 ޕަސެންޓަކީ ފަގީރުންކަމަށް ވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

‎އާމްދަނީގެ ފަގީރު ކަމުގެ ބަދަލުގައި ބަލާ މަލްޓި ޑައިމެންޝަން ޕަވަޓީ އިންޑެކްސް ނުވަތަ އެމްޕީއައި އަކީ ތަފާތު އެކި ނަޒަރުން ފަގީރުކަން ވަޒަން ކުރުމަށް އެކުލަވާލެވޭ މިންގަނޑެކެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް