ވަގުތީ ގޮތުން ވެހިކަލް ބެހެއްޓުމަށް ހުޅުމާލޭން ހަމަޖެއްސި ބިން ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ވަގުތީ ގޮތުން ވެހިކަލް ބެހެއްޓުމަށް ހުޅުމާލެ ފޭސް 2 ގައި ހުންނަ ހޯކްސް ޕެޓްރޯލް ޝެޑް އަދި އެމް.ޕީ.އެލް ފްލެޓް ކައިރިން ހަމަޖެއްސި ބިން މިއަދު ހުޅުވާލައިފިއެވެ.

 މިއީ މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމަށް ހުޅުމާލޭން ހަމަޖެއްސި ބިމެކެވެ.

  މި ބިމަކީ 42،132.05 އަކަފޫޓުގެ ހުސް ބިމެކެވެ. މި ބިމުގައި އުޅަނދު ބަހައްޓާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަކުރުން ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށް އެ އުޅަނދު ގެންދަންޖެހޭނެއެވެ.

  ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޕާކިންގ ޒޯންގެ މަޤްޞަދަކީ ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ރަޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށް ގެންގޮސް ޤާނޫނުގެ ތެރެއަށް އުޅަނދު ވައްދަން ފުރުސަތު ދިނުމެވެ.

           މި ބިން ހުޅުވާލުމާއެކު، މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މި ބިމަށް ބަދަލުކުރެވުމުން މާލޭގެ މަގުތަކުގެ ތޮއްޖެހުން މިހާރަށްވުރެ ކުޑަވެގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް