މަރުވާނެ ދުވަހެއް ނޭނގޭ އެކަމަކު މިހާރުއްސުރެ ޖަނާޒާއަށް ތައްޔާރުވަނީ

Loading

Facebook
Twitter
WhatsApp

ބައެއްފަހަރު ތިމާއަށް ލިބިފައިވާ ޝަރަފުވެރި މަގާމާއި ޝުހުރަތަކީ އެހެން ބަޔަކަށް ބޮޑު އުދަނގުލަކަށްވެސް ވެދެއެވެ. މިފަހަރު މިއޮތީ ދާދި ފަހަކަށް ޖެހެންދެން މުޅިދުނިޔެ ބަނޑުދަށުލައިގެ އޮތް އިނގިރޭސި ވިލާތަށް އެބާވަތުގެ ކަމަކާ ދިމާވެފައެވެ. މިހާ އަވަހަށް އެ ވާހަކަތައް ފެންމައްޗަށް އަރުވާލުމުގެ ބޭނުމަކީ އިޝްތިހާރު ކުރުމެއް ކަމަށްވެސް ވެދާނެއެވެ. އަހަރެމެންގެ ވެރިޔާ އަވަހާރަވުމުން ޖަނާޒާވެސް އާދައިގެ މީހުންނާ ތަފާތުވާނެއޭ ބުނާކަހަލައެވެ.

                                     

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 އަވަހާރަވުމުން ޖަނަޒާގެ ކަންތައް ކުރިޔަށް ގެންދާނެގޮތް މިހާރު ތަރުތީބު ކުރަން ފަށައިފިއެވެ. އަދި އާންމު އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އެ އިންތިޒާމްތައް ދަނީ ދުވަހުން ދުވަހަށް އަޕްޑޭޓްވެސް ކުރެވެމުންނެވެ. އެމަނިކުފާނުގެ ޖަނާޒާއަށް ދީފައިވާ ކޯޑް ނަމަކީ “ އޮޕަރޭޝަން މެނާއި ބްރިޖް “ އެވެ. އެ ކޯޑް ނަން ކާއްސަކުރެވިފައިވަނީ ޕްރިންސް އޮފް ވޭލްސް ގެ ޝަރަފްވެރި ލަގަބާއެކު އެ މަނިކުފާނު ހޭދަކުރެއްވި ގިނަ ދުވަސްތަކާއި އަދި ވޭލްސް ޝަހަރުގެ މަޝްހޫރު ސަސްޕެންޝަން ބްރިޖަށް އިޝާރާތް ކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެތެރޭގައި ރަސްގެފާނު ޗާލްސް 3 އަށް ކެންސަރ ބަލި ޖެހުމަށްފަހު ހާލުކޮޅު އަންނަނީ ދަށްވަމުންނެވެ. މިދިޔަ ފެބްރުއަރީ މަހު ޕްރޮސްޓޭޓް ސަރޖަރީއަކަށް ހޮސްޕިޓަލްގައި އެޑްމިޓްކުރުމުން ކުރި ޓެސްޓްތަކުން އެ މަނިކުފާނަށް ޕެންކްރިއާގެ ކެންސަރ ބަލި ޖެހިފައިވާކަން އެނގިއްޖެކަން ބަކިންގހަމް ޕެލެސް އިން ވަނީ ކަށަވަރު ކޮށްދީފައެވެ. ރަސްގެފާނު ދިރި ދުނިޔޭގައި ހުންނަވާނީ ގިނަވެގެން 2 ދުވަހުގައި ކަމަށްވެސް ޑޮކްޓަރުން ބުނެފައި ވެއެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން 75 އަހަރުގެ އުމުރުފުޅުގައިވެސް ޝާހީ ޑިއުޓީއަށް ރަސްގެފާނު ނިކުންނަވަން ފެއްޓެވިއެވެ. ނަމަވެސް ސިއްހީ ހާލުކޮޅު ދަށްވަމުން ދިއުމާއެކު  އާންމުންގެ ތެރެއަށް ނިކުމެ ވަޑާއިގެން އުޅުއްވާ ވަގުތު މަދު ކުރައްވަން ފެއްޓެވިއެވެ. އާންމުންގެ ތެރެއަށް ނިކުމެ ވަޑައިގަތުމަށްޓަކައި ބައެއްފަހަރު ހެލިކޮޕްޓަރވެސް ބޭނުންކުރައްވަން ޖެހިވަޑައި ގަންނަވައެވެ. 

ރަސްގެފާނު ޗާލްސް 3 އަށް އުމުރުފުޅުން 73 އަހަރުގައި  އިނގިރޭސި ވިލާތުގެ ތަޚްތު ލިބި ވަޑައިގަތީ އެކަމަށްޓަކައި 70 އަހަރުގެ ދިގު އިންތިޒާރެއް ކުރެއްވުމަށްފަހު 2022 ވަނައަހަރު ފެބްރުއަރީ މަހުގައެވެ. ބެލެވޭގޮތުގައި ދެން އިނގިރޭސި ތަޚްތު ލިބި ވަޑައިގަންނަވާނީ މިހާރުގެ ޕްރިންސް ވިލިއަމް އަށެވެ.

ޕްރިންސް އެނޑްރޫ 2001 ވަނައަހަރު އުމުރުން 17 އަހަރުގެ ވާރޖިނިއާ ޖުފުރޭ އާއި އެކު އެ އަންހެންކުއްޖާގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތު ތަކެއް ފެންމަތިވެ އަދި އެ އަންހެން ކުއްޖާގަފަރާތުން ބަދަލު ހޯދުމަށްޓަކައި އެ މައްސަލަ ޝަރީއަތަށްވެސް ހުށައަޅާފައިވާތީ ޝާހީ ތަޚްތައް ރުހުން ނުލިބޭނެ ކަމަށް ބެލެވެއެވެ. ހަމަ އެފަދައިން ގަނޑުވަރުތެރޭގެ ބައެއްކަންތައްތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަތުމާއެކު ޕްރިންސް ހެރީ ގަސްދު ކުރެއްވި ކަމަށްވަނީ މޭގަން މާރކެލްއާއި ކައިވެނި ކުރެއްވުމަށްފަގު ގަނޑުވަރުންނާއި ޝާހީ ދިރިއުޅުއްވުމުން ބޭރުވެ ވަޑައިގަންނަވާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް