ސަރުކާރު ވައްޓާލަން ގޮވާލި ކަމަށް ބުނެ މައްސަލަ ތަހުގީގު ކުރަނީ

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

މި ސަރުކާރު ވައްޓާލަން ގޮވާލި ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން މައްސަލަ ތަހުގީގު ކުރަން ނިންމައިފިއެވެ.

،މިކަމަށް އިޝާރާތްކޮށް ފުލުހުން ދެންމެ ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ގޮތަކަށް ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ހަމަ އެވަގުތު ސޯޝަލްމީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި ހަމަޖެހުން ނަގާލުމަށް ގޮވާލާފައިވާ ކަމަށެވެ.

އެހެންކަމުން އެ ކަމަކީ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީފައިވާ ކަމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ބީއެމްއެލުން އިއްޔެ ހެނދުނު ބުނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އެހެންކަމުން ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ރުފިޔާ އެކައުންޓެއް ކަނޑައަޅާފައިވާނަމަ ޑޮލަރުގެ ހިދުމަތް ނުދޭން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އިއްޔެ ހަވީރު ބީއެމްއެލް އިން ވަނީ މި ނިންމުން ބަދަލުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް