ސާފުތާހިރުކަމެއް ނެތި، ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން 15 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް!

Loading

August 26, 2024
sandhaanu news
Facebook
Twitter
WhatsApp

ސާފުތާހިރުކަމެއް ނެތި މާލޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން 15 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަންހާމަކޮށް މިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯހަށް ލިބިފައިވާ މަޢުލޫމާތަކާއާއި ގުޅިގެން ހޮނިހިރު ދުވަހު މާލޭގެ ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ބަލާ ފާސްކޮށްފައި ވަނީ ހ.ބިއަންކާ، އެވެ.

އިމިގްރޭޝަނުންބުނީ ބަލާ ފާސްކޮށް އެތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މި ރެއިޑުގައި ވެސް ކަމާގުޅުންހުރި އިދާރާތަކުން ވަނީ ބައިވެރިވެފައި ކަމަށާއި އަދި އެތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައި ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ފޮޓޯތަކުން އެނގިފައިވާ ގޮތުގައި ބަލާ ފާސްކޮށްފައި ވަނީ ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް