ލޭނުއަޅައިގެން މަސްވެރިކަން ދިވެހިމަސްވެރިން ތަޖުރިބާ ކޮށްފައިވަނީ އަލަކަށް ނޫނެވެ. ކުރިންވެސް ރާއްޖޭގެ މަސްވެތިން ލޭނުގެ މަސްވެރިކަން ކޮށްފައިވެއެވެ.
އޭރު މަސްވެރިންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެއްކަމަށް މަސްވެރިން ބުނަމުން އައީ މިޔަރުގެ އުނދަގޫ ބޮޑުކަމުން ލޭނުއަޅައިގެން ކުރާ މަސްވެރިކަމުން މާބޮޑު ފައިދާ އެއް ނުލިބޭ ކަމުގައެވެ.
ލޭނުގައި ޖެހިފައި ހުންނަ މަސްތައްނަގާއިރު ލޭނުގައި ގިނައިން ހުންނަނީ ބޯބުރި ކަމަށް ވުމުން އެކަށޭނެ ފައިދާ ނުލިބޭތީ ލޭނުމަސްވެތިކަން ކުރުމުގެ ޝައުގު ވެރިކަން ގެއްލި ލޭނުއަޅަން ދާނޭމީހުން ނުލިބި އެކަންވަނީ ހުއްޓިގެން ދިޔައެވެ. އަދި ލޭނުގައި ގިނައިން ޖެހިފައިހުންނަނީ ޅަ މިޔަރުކަމަށް ވުމުން އެ މިޔަރު ބޯޓުފަހަރަށް ނުކިރާ ކަމަށް ވެސް މަސްވެރިން ބުނެއެވެ.
އަދި އެދުވަސް ވަރަކީ ބޭރުގެ ކުންފުނިތަކުން ރާއްޖެއަށް މަސްބޯޓުފަހަރު ފޮނުވައި ރާއްޖޭގެ މަސްކަޑުގައި ދާއަޅައިގެން މަސްނަމުން ދިޔަ ދުވަސް ވަރެއްވެސް މެއެވެ. އެހެން ކަމުން އެ ދުވަސް ވަރު ދިވެހި މަސްވެރިން ލޭނުގެ މަސްވެރިކަން ކުރުމުގެ ރޫޙުގެއްލި އެމަސްވެރިކަމާ ދުރަށް ދިޔައީ ކަމަށް ބުނާ މަސްވެރިންވެސް މަދެއް ނޫނެވެ.
ރާއްޖޭ ކަނޑުގެ ސަރަޙައްދުން މަސްހިފުމުގެ ހުއްދަ ބޭރުގެ އެއްވެސް ކުންފުންޏަކަށް ދިނުމަކީ ދިވެހި މަސްވެރިންގެ އިތުރުން ދިވެހި އެއްވެސް ރައްޔިތަކު ގަބޫލު ކަމެއް ނޫނެވެ
ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ހަމައެކަނި ދިވެހި މަސްވެރިންނަށް ދިނުމަކީ ރާއްޖޭގެ ފަތުރުވެރުވެރި ކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ޔޫނިޔަން ތަކުން ބުނި ނަމަވެސް އެއީ ގަބޫލު ކުރެވޭ ވާހަކައެއް ނޫނެވެ. ލޭނު އަޅަނީ ފަތުރުވެރިން ފީނާއުޅޭ ސަރަޙައްދުތަކުގައެއް ނޫނެވެ.އަދި ރިސޯޓްތަކުގެ ކައިރީގައެއްވެސް ނޫނެވެ. އެހެން ކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ލޭނު އެޅުމުގެ ސަބަބުން ކުރާނެ އެއްވެސް ނޭދެވޭ އަސަރެއް އޮތް ކަމަކަށް ފާހަގައެއް ނުކުރެވެއެވެ.
ލޭނުއަޅައިގެން މަސްވެރިކަން ކުރުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް މަސްވެރިންނާއި ސަރުކާރުން ގަބޫލު ކުރާނަމަ އަވަހަހަށް އެކަން ކުރަންވީއެވެ. އެންމެހައި ދިވެހި ރައްޔިތުންވެސް ބޭނުންވާނީ ލޭނުގެ މަސްވެރިކަމުން ރާއްޖޭގެ އިގްތުޞާދު ފުޅާވެ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ މާލީ ދަތިކަން ފޫބެދި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެކެވެ.
ކަންމިހެން އޮތްނަމަވެސް ރާއްޖޭގެ މަސްވެރިންނަށް ލޭނުގެ މަސްކަން ކުރުމުގައި ކުރިން ދިމާވެފައި ހުރި ދަތިތަކުގެ މައްޗަށް ބައްލަވައި އެފަދަ ކަންކަން ކުރިމަތިނުވާނޭ ގޮތަކަށް ލޭނުއެޅުމުގެ ހުއްދަ ދިނުމަކީ ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ.
One Response
އާއެކެވެ. ފައިސާ ބޭނުމެވެ. އަދިކިއެއްތަ ޙަލާލުގޮތުގައިދޯ. ހަމަ ލޭނު އަޅަންވީ . ދާވެސް ޖަހަންވީ. ކީއްވެ ނުޖަހާންވީ؟ އަހަަރެމެން ނުޖެއްސަސް އެވެރީން އައިސް އަހަރުމެންގެ ކަނޑުގައި ދާވެސް ޖަހަނީ އަދި ލޭނުވެސް އަޅާނީ ނޫންތޯއެވެ؟