މާލިމީ ކިތަންމެ މޮޅަސް ފަޅުވެރި ކުދިން ކަންނެތް ވެއްޖެނަމަ އޮޑި ނުބެހި ނުދާނޭ ކަމަށް މުސްކުޅިން ބުނާތީ އަހަމެވެ.
އަނެއްކޮޅުން އޮޑިއެއް ދުއްވޭނީ ހިސާބުކިތާބު ބަލަހައްޓާނޭ ތަޢުލީމީ ގާބިލް ޒުވާނުންވެސް އޮޑީ އަށްލައިގެންނެވެ. އެގޮތުން މިފަދަ ތަޢުލީމީ ޒުވާނުންނާ ނުލައި އޮޑިއެއްގައި ދަތުރުފަށައިފިނަމަ މާލިމީއަށް އެ އޮޑިދުއްވަންވީ މިސްރާބު އޮޅި ދާންވީ މަންޒިލާ ހަމައަށް ނުދެވި ބެހިގެން އޮޔާވެސް ހިނގައިދާނެއެވެ.
ދުނިޔޭގައި އިންސާނުން ތަރައްގީވެ ކުރިއަރަމުން އަންނަނީ
ތަޢުލީމުގެ ޒަރީޢާއިން ހޯދިފައިވާ ފަތްފުށްތަކުގެ އަލީގައެވެ. އެހެންކަމުން މިއަދު ޢިލްމާނުލާ އެންމެ ފިޔަވަޅެއްވެސް އެޅިދާނޭ ކަމަށް ހީފުޅު ނުކުރައްވާށެވެ. އަނެއްކޮޅުން އިހުގެ އޮޑިފަހަރުގައި މިސްރާބު ދައްކައިދޭން ހުންނަނީ ހަމައެކަނި މާލިމީއެކެވެ. އެހެނަސް މިހާރު މާލިމީއާއި އޭނާގެ ދަށުން މަސައްކަތްކުރާނޭ ދޭއްނުވަތަ ތިންމީހުން ތިބެންޖެހެއެވެ. އަދި ޗީފް އިންޖިނަރަކާއި އޭނާގެ ދަށުން މަސައްކަތް ކުރާނޭ ދޭއް ނުވަތަ ތިން އިންޖިނޭރުން ތިބެން ޖެހޭއިރު މިދެންނެވި މީހުންނަކީ ނުކިޔަވާތިބި ބަޔަކަށް ވެއްޖެނަމަ އެ އޮޑީގެ ޙާލަތު ހުންނާނޭ ގޮތް ހިތަށް ގެންނަވާށެވެ.
“ ތަޢުލީމު ނެތަމަ ތާކުޒަމާނާއި އެކުވެގެން
ތަން ދާނެޔެ ބުއްދީގެ މަގުން އެއްކުބާވެގެން“
ފަސްމަސްދުވަހުގެ ދަތުރަކަށް އޮޑި ފުރި އިރު އޮޑިއަށް ފަޅުވެރިންނާއި ފަސިންޖަރުންނަށް ފުދޭމިންވަރަށް ކޮށްތު ދަރުފެން އަރުވާ އެތަކެތި އޮޑީގެ ފައިނޭންސް ބަލަހައްޓާ ފަރާތާއި ޙަވާލު ކޮށްފައިވެއެވެ. އެހެނަސް އޮޑީގެ ކާބޯތަކެތީގެ ހިސާބު ބަލަހައްޓާ މީހާ އާއި ދެކޮޅަށް ބޮޑުކައްކާ އަށްފެންނަގޮތަކަށް ކޮށްތު ދަރުފެން ބޭނުންކުރަން ފެށުމުގެ ނަތީޖާއަކީ އޮޑިގައި ހުރި ފަސްމަސްދުވަހުގެ ކޮށްތުދަރުފެން އެންމެ އަށެއްކަދުވަހުގެ ތެރެގައި ހުސްވެ ފަޅުވެރިންނާއި ދަތުރުވެރިންނަށް ކާންބޯން ނުލިބުމެވެ.
ގޯސްވީ ފައިނޭންސް ބެލެހެއްޓި މީހާއެވެ. އެންމެ ފަހުން ފައިނޭންސް ބެލެހެއްޓި ޢިލްމީ ގާބިލް ތަޖުރިބާ ލިބިފައިވާ މީހާ ބަދަލުކޮށް އޮޑީގެ ފަޅުވެރިންނާއި ދަތުރުވެރީންގެ ޙައްގުގައި އިޚުލާސްތެރިކަމާއެކު ޚިދުމަތް ކުރި މީހާގެ ރައުޔު ކަތިލާ އޭނާ އެ މަގާމުން ވެސް ދުރުކުރީއެވެ. އެއަށްފަހު އެމަގާމު ދިނީ ޗީފުކޫކު ނުވަތަ ބޮޑުކައްކާ ދަށުން މަސައްކަތް ކުރާ އަދި އޭނާއަށް ލަފާދޭންހުންނަ މީހާ ބުނާ ގޮތަށް ކަންކުރާނެ މީހާއަށެވެ. ޗީފުކޫކަށްލަފާ އަރުވަން ލާފައި ހުރީ ގަހުންކަނޑާލި ގޮތަށްހުރި ނުކިޔަވާ ހުރި ގަމާރެކެވެ. އެހެނަސް މިދެންނެވި މީހާއަކީ ޒުވާބުގަދަ ވަކަރުގޭ އުޞޫލު އަށަގެންފައިވާ ގޮތެއް ފޮތެއްނެތް މީހަކަށް ވުމުން އޮޑީގެ ރައުސުލްމާލާ ނުބައްދަލު ކެއުންގަނޑު ގަނޑު ހަދާ ތައްޔާރު ކޮށް އޮޑީގެ ބޮޑުންނަށް ފަރިއްކޮޅު އަރުވަން ފެށީއެވެ.
މިހެން ވުމުން އޮޑީގެ އިގްތިޞާދީޙާލަތު ދުވަހެއް ދުވަހެއް ދަށަށް ދާންފަށައިފިއެވެ. ޗީފުކޫކަށް އިގްތިޞާދީ ލަފާއަރުވާނޭ ތަޢުލީ ގާބިލް ތަޖުރިބާ ކާރު ފަރާތެއް ހޯދުމަކާއި ނުލައި ތަޢުލީމެއް ތަޖުރިބާއެއް ނެތްތާގައި އިޚުލާސްތެރިކަމެއް ވެސް ޢަމުދުން ނެތް ނުހަނު އަމިއްލައެދުން ބޮޑު ތިމާގެ ޖީބަށާއި އަދި އަނބިދަރީންގެ އުފަލަށްޓަކައި އޮޑީގެ ފަޅުވެރީންނާއި ދަތުރުވެރިނަށް ވެސް ދޯކާދޭން ކެރޭ ފަދަ ދަށުދަރަޖައިގެ މީހުންތަކެއް އޮޑިއަށް ލީއެވެ.
އޮޑީގެ ގިނަ ދަތުރުވެރިންގެ ރައުޔަކީ ފަސްމަސްދުވަހުގެ ދަތުރަކަށް ފުރި އޮޑި ދެތިންމަސްދުވަހުގެ ތެރޭގައި ދަތުރު ހުއްޓާލުމަށްފަހު ބަނދަރުކުރަން ޖެހިދާނޭ ކަމަށެވެ. ކުރިން މިއޮޑި ދުއްވަން ހުންގާނުގައި ހުރީ މިހާރު އޮޑީގެ ހުންގާނުގައި ހުރި ޗީފަށްވުރެ ޢިލްމި ގޮތުން ދެރަވަރު މީހެކެވެ. އެހެނަސް އޭނާ އޮޑިގެ ބޮޑުންނަށް ލައިގެން އުޅުނީ ކިޔަވައިގެން ތިބި ކަމަށް ގާބިލް އެކަށޭނެ ފެންވަރު ހުރި މީހުން ކަމަށް ވުމުން އޮޑި ބަނދަރު ކުރުމެއްނެތި ބާރުސްޕީޑުގައި ދުއްވާ ދަތުރު ނިންމާލީ އެތަކެއް ދަތުރުވެރިން ހެއްވާލާފައެވެ
One Response
Kurin dhuvvi maalimee Edinburgh feybee odi farah aruvaafaevev alah eri maalimee odiyaa havaaluvaanhuri shaugegge bidukamun odihuree farugaithoaves balaehnulaeve adiah araa funkoggen dhathurah feshieve kudathanko -lhakah dhiyathanaa dhiyathanaa odidhiyahelifai vaakn egunu namaves alah erimaalimee hiyvarukuramun dhanee salaamathuge asseyri akah vodigendheveythoa eve balan thibemaa higaasheve.