ސުޝާންތުގެ މަރާ ގުޅިގެން ރިއާ ކެތްކޮށްފައި ވާތީ އާމިރު ތައުރީފުކޮށްފި

Loading

Facebook
Twitter
WhatsApp

ބޮލީވުޑްގައި ފިޔަޖަހަމުންދިޔަ ތަރި ސުޝާންތް ސިންގް ރާޖްޕުތްގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ބަތަލާ ރިއާ ޗަކްރޯބަތީ ކެތްކޮށްފައި ވާތީ ސްޕަ ސްޓާރް އާމިރް ޚާން ރިއާ އަށް ތައުރީފުކޮށްފިއެވެ.

ރިއާ ދާދި ފަހުން ވަނީ އޭނާގެ އާ ޓޯކް ޝޯގައި އާމިރު ޚާން އާއި އެކު އިމޯޝަނަލް ވާހަކަތަކެއް ހިއްސާކޮށްފައެވެ. ވީޑިއޯ ކްލިޕަކުން އެ ޝޯގެ ޓީޒާ އޭނާ ވަނީ އިންސްޓަގްރާމްގައި ޕްރޮމޯޓުކޮށްފައެވެ.

ޕްރޮމޯގައި ރިއާ ވަނީ އެމީހުންގެ މަޝްވަރާގައި ’ސްޓާޑަމް، ފިލްމު، ތެރަޕީ، އަދި ހިތާމަ‘ ހިމެނޭ ކަން ފާހަގަކޮށްފަ އެވެ.

އާމިރު ޚާން އޭނާގެ ވާހަކަތައް ހިއްސާ ކުރަމުން ސުޝާންތުގެ މަރާ ގުޅިގެން އައި ދުވަސްތަކުގައި ރިއާ ކެތްތެރިވެފައި ވާތީ ވަނީ ރިއާ އަށް ތައުރީފުކޮށްފައެވެ.

މީގެ އިތުރުން ރިއާވެސް ވަނީ އާމިރު އަށް ތައުރީފުކޮށް، ރިތިކް، ސަލްމާން، އަދި ޝާހްރުކް ފަދަ އެހެން ތަރިންނާ އަޅާ ކިޔާފައެވެ.

ރިއާގެ އިންސްޓަގްރާމް ޕޯސްޓަށް ގިނަ ކޮމެންޓްތަކެއް ވަނީ ލިބިފައެވެ. މިގޮތުން ބައެއް ކޮމެންޓްތައް ޕޮޒިޓިވްވިއިރު، ގިނަ ކޮމެންޓްތަކަކީ ނެގެޓިވް އަދި ރިއާ އާއި އާމިރަށް ވެސް ފާޑުކިޔާފައިވާ ކޮމެންޓްތަކެކެވެ. ރިއާ އެންމެ ފަހުން ފެނިފައި ވަނީ ރިއަލިޓީ ޝޯއެއްގައި ގޭންގް ލީޑަރެއްގެ ގޮތުގައެވެ.

2020 ވަނަ އަހަރުގެ ޖޫން މަހުގެ 14ގައި އަމިއްލައަށް ދަންޖެހިގެން ސުޝާންތު މަރުވި އިރު، ރައްޓެހިވެގެން އުޅުނީ ރިއާ ޗަކްރޯބަތީއާ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް