މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރަމުން އައި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައި މިވަނީ އެ ޤައުމުގެ ސިޔާސީ ހަމަނުޖެހުންތައް ހޫނުވެ ބޮޑު ވަޒީރު ޝައިހް ޙަސީނާ އިއްޔެ އިސްތިއުފާ ދެއްވާ ޤައުމު ދޫކުރައްވާ ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މޯލްޑިވިއަނުން އެ ޤައުމަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާކަން ހާމަކޮށް އެ ކުންފުނިން ބުނީ ބަންގްލަދޭޝްގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް މިއަދު ދަތުރުކުރަން އޮތް ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށެވެ.
ހަމައެހެންމެ ބަންގްލަދޭޝްގެ މިހާރުގެ ހާލަތު ވަރަށް ގާތުން ބަަލަމުންދާ ކަމަށާއި ޕަސިންޖަރުންނަށް ދޭންޖެހޭ އެހީތެރިކަން ދެމުންދާނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން މޯލްޑިވިއަނުން ބުނީ އެ ކުންފުނިން އެންމެ މުހިންމު އިސްކަމެއް ދޭނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށެވެ.