ޖުމްހޫރީމޭވާ: ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މުހިންމު މޭވާއެއް!

Loading

Facebook
Twitter
WhatsApp

ޖުމްހޫރީމޭވާ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. މިއީ ހުތް ފޮނި ރަހައެއް ހުންނަ މޭވާ އެކެވެ. ތަފާތު ވައްތަރުތައް ހުންނަ ޖުމުހޫރީ މޭވާ އާންމުކޮށް ބޭނުންކޮށް އުޅެނީ ފަނި ގިރައިގެން ބުއިމަށާއި، މޭވާއެއްގެ ގޮތުގައި ކެއުމަށެވެ. 

ޖުމުހޫރީމޭވާ އިން ލިބޭ ބައެއް ޞިއްޙީ ފައިދާތައް

ލޮލުގެ ދުޅަހެޔޮކަން: 

ޖުމުހޫރީމޭވާ ގައި ވިޓަމިން އޭ ވެސް އެކަށޭނަ މިންވަރަކަށް ހުރެއެވެ. އަދި ފްލޭވޮނޮއިޑް އެންޓި އޮކްސިޑެންޓް ގެ ތެރޭގައި ހިމެނޭ ބީޓާ ކެރޮޓީން (Beta Carotene)، އަދި ކްރިޕްޓޯޒެންތިން ބީ(Cryptoxanthin B) ހުރެއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މި ދެންނެވި މާއްދާތައް ހުރުމަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ކަމެކެވެ. ޖުމުހޫރީމޭވާގައި ހިމެނޭ ކެރޮޓިނޮއިޑްގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށް ދެއެވެ. ޚާއްޞަކޮށް ރޭގަނޑު ލޮލުގެ ފެނުން ރަނގަޅުކޮށްދޭކަން ފާހަގަ ކުރެވެއެވެ. މީގައި ހިމެނޭ ބީޓާ ކެރޮޓީން އަކީ ވިޓަމިން އޭ ބަދަލުވާ އެއްޗެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ އަލިދުލީ (Retina) ގެ ތެރޭގައި ރޭގަނޑުގެ ފެނުމަށް ބޭނުންވާ ޕިގްމެންޓް “ރޮޑަޕްސިން”(Rhodopsin) އުފެއްދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ބީޓާ ކެރޮޓީން އަކީ ލޯފުސްވުން، އަދި އުމުރުން ދުވަސްވުމުން ލޮލަށް ނުފެނުމުގެ މައްސަލަ (Macular Degeneration) އިން ދުރުވެ ހުރުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.

ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: 

ޔުނިވަސިޓީ އޮފް ފްލޮރިޑާގެ ދިރާސާކުރާ ފަރާތްތަކުން ހަދާފައިވާ ތަޖުރިބާތަކުން އެނގުނު ގޮތުގައި ރީނދޫ ކުލަޔަށް ހުންނަ ޖުމުހުރީމޭވާގައި ކެންސަރު ގެ ސެލްތައް މަރާލުމުގެ ބާރު އެކުލެވިފައި ވެއެވެ. އެގޮތުން ކެންސަރުގެ ސެލްތައް މަރާލުމުގައި ހިއްސާވަނީ އޭގައި ހިމެނޭ ފައިޓޯކެމިކަލްގެ ވައްތަރުތައް ކަމުގައިވާ “ކެރޮޓިނޮއިޑް”(Carotenoids) ތަކާއި، “ޕޮލީފީނޯލް”(Polyphenol) ތަކެވެ. ޖުމުހޫރީމޭވާގައި ފައިބަރު ހުރުމުގެ ސަބަބުން، ގޮހޮރުގެ ބަތާނަ ފަށުގައި ކެންސަރު ޖައްސަނިވި މާއްދާތައް ތަތްވިޔަނުދީ ހިފަހައްޓައި، ވިހަމާއްދާތަކަށް ގޮހޮރުގެ ބަތާނަ ފަށް ހުށަހެޅުން މަދުކޮށް، ހުއްޓުވައެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރި ވެދެއެވެ. ޖުމުހޫރީމޭވާ ބޭނުންކުރުމަކީ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވާ ކަމެކެވެ. ބެލެވިފައިވާ ގޮތުގައި މިއީ ޖުމުހޫރީމޭވާ ގައި ހިމެނޭ ފައިޓޯކެމިކަލްތަކުގެ ސަބަބުން ލިބިދޭ މަންފާއެކެވެ. ޖުމުހޫރީމޭވާގައި ހިމެނޭ ފައިޓޯކެމިލްތަކުގެ ސަބަބުން ރައްކާތެރިކޮށްދޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި، މަސާނާގެ ކެންސަރު، ރަހިމުގެ ދޮރުގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ގޮހޮރުގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެއެވެ. ހަށިގަނޑުގެ އެތެރޭގެ ތެތް ދުލިފަށަލަ ތަކާއި، ހަމުގެ ދުޅަހެޔޮކަމަށް ވެސް ވިޓަމިން އޭ އަކީ ބޭނުންތެރި މާއްދާ އެކެވެ. ވިޓަމިން އޭ އަދި ފްލޭވޮނޮއިޑް އިން މުއްސަދި ކާނާ ބޭނުންކުރުމަކީ އަނގަޔާއި އަދި ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ސަބަބަކީ ވިޓަމިން އޭ އަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ހިމާޔަތްކޮށްދޭ އެންޓި އޮކްސިޑެންޓެކެވެ.

ނޭވާހިއްލުން: 

ދިރާސާތަކުން އެނގިފައިވާ ގޮތުގައި ދަނބުކުލައިގެ ޖުމުހޫރީމޭވާގެ ތޮށީގެ ދިޔަަ ބޭނުންކޮށްގެން، ނޭވާހިއްލުމުގެ އުދަނގޫތައް ކުޑަކުރެވިދާނެ އެވެ. އެގޮތުން 42 މީހަކަށް ދަނބުކުލައިގެ ޖުމުހޫރީމޭވާގެ ތޮށީގެ ދިޔަ ދެވުނެވެ. ނަތީޖާއިން އެނގުނު ގޮތުގައި އެބޭނުންކުރި މީހުންގެ ނޭވާލާއިރު އަޑު ހުންނަ މިންވަރު 75 އިންސައްތަ ވަނީ ދަށްވެގެން ގޮސްފައެވެ. ބެލެވިފައިވާ ގޮތުގައި ޖުމުހޫރީމޭވާގެ ތޮށީގެ ދިޔަ ބޭނުންކުރުމުން ނޭވާހިއްލުމުގެ އުދަނގޫ ކުޑަވަނީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުންނެވެ. އަދި އޭގައި ހިމެނޭ ފްލޭވޮނޮއިޑް ތަކުގެ ސަބަބުން އިންފްލެމޭޝަން އަދި އެލާރޖީ އުފެދުމުގެ ފުރުޞަތު ކުޑަ ކުރުވައެވެ

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް