ހޯމް މިނިސްޓަރަކީ ޖަލުތަކާބެހޭ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެއް

Loading

Facebook
Twitter
WhatsApp

ޖަލުތަކަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓަރު ކިތަންމެ އޮޕަރޭޝަނެއް ހިންގެވިޔަސް އެފަދަ ތަކެތި ވެއްދުން ނުހުއްޓުވޭނެ ކަން އެބޭފުޅާއަށް ޖަލުތަކާެެއި ބެހޭ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައި ނެތުމުން އެނގިވަޑައި ނުގެންފާނެއެވެ. ރިހިމަޅީގައި ނުބެދި ދާ ދޫނި ރަންމަޅީގައި ބެދުމަކީ ފިތުރަތުގެ އުސޫލުން ހިނގާ ކަމެކެވެ.
މިނިސްޓަރަކަށް ވިޔަސް ޖަލު އޮފިސަރަކަށް ވިޔަސް އޮތީ ހަމަ އެ އުޞޫލެވެ.

ޖަލުތަކުގައި ކިތަންމެ އަގުބޮޑު އަދި ކިތަންމެ ފެންވަރު ރަނގަޅު ސެކިއުރެޓީ ސިސްޓަމެއް ވެސް ބެހެއްޓިދާނެއެވެ. އެހެނަސް އެސިސްޓަމުގެ ތެރެއިން ފުރޭނިގެން ނަމަވެސް މަނާތަކެތި ޖަލު ތަކަށް ވަންނާނެއެވެ. ސުވާލަކީ އެސިސްޓަމް އޮޕަރޭޓް ކުރަނީ އިންސާނުންތޯ އުފެދޭ ސުވާލެވެ. އެ އަގުބޮޑު ސިސްޓަމް އޮޕަރޭޓް ކުރަނީ އިންސާނުން ކަމަށްވާނަމަ އެކަމަކީ ހުއްޓުވޭނެ ކަމެއް ނޫނެވެ.

އަނެއްކޮޅުން ޖަލުތަކުގައި ގެންގުޅޭ ފޯނާއި އިލެކްޓްރޯނިކް ސާމާނުގެ ބޭނުން ނުކުރެވޭ ގޮތަށް ނުވަތަ ރޭންޖް ނުލިބޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޮޅެތި ސިސްޓަމްތައް ގެނެސް ޖަލުތަކުގައި ހަރު ކުރެވިދާނެއެވެ. އެހެނަސް މި ސިސްޓަމަކީ ވެސް މީގެ ކުރިންވެސް ރާއްޖޭގެ ތަކުތަކުގައި ބަހައްޓައިގެން ދިވެހިން ތަޖުރިބާކޮށްފައިވާ ސިސްޓަމެކެވެ.
މިސިސްޓަމް ބެލެހެއްޓީވެސް އިންސާނުންނެވެ.

މިފަދަ އަގުބޮޑު ސިސްޓަމެއް ޖަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ގަނެގެން ގެނެސް އޭގެ ބޭނުން ހިފެނީ ގިނަވެގެން ހަފުތާއެއްހާ ދުވަހު އެވެ. އަނެއް ހަފުތާފައި އެ .ސިސްޓަމުގެ އެއްވެސް ބޭނުމެއް ނުކުރެވެއެވެ. އެހެނަސް އެ އެންޓަނާ ޖަލުގައި ބަހައްޓާފައި ހުރެއެވެ. އެ އެންޓަނާ ހުއްޓަސް ދެވަނަ ހަފުތާގައި ޖަލަށް ރޭންޖް ލިބެންފަށައެވެ.

ރިހިމަޅީގައި ނުބެދި ދާ ދޫނި ރަންމަޅީގައި ބެދެންޏާ މިހެން ނުވާންވީ އެއްވެސް ސަބަބެއް ނެތްތާއެވެ. ބުނަން މިއުޅޭ ވާހަކައަކީ ދުވާލަކު ސަތޭކަ އޮފިސަރުން ކަނޑާލިއަސް އަދި ހައްޔަރު ކުރިއަސް އޭގެ ބަދަލުގައި ވަޒީފާދޭ އޮފުސަރުން ވެސް ގަނެވޭނެ ވާހަކައެވެ. އެއްހާސް ރުފިޔާގައި އަތްނުލާ އޮފިސަރު އެއްލައްކަ ރުފިޔާގައި ހިފާނެއެވެ. ނޫނީ އެއްލައްކަ ރުފިޔާގައި ނުހިފި އޮފިސަރު ފަސްލައްކަރުފިޔާގައި ނުހިފާ ނުދާނެއެވެ.

ކަން އޮތީ މިހެންނެވެ. ދައުލަތުގެ ތިޖޫރީ ހުސްކުރަން އެފަދަ މޮޔަކަން ކަން ކުރައްވަން އެ އުޅުއްވަނީ ތަޖުރިބާ ނެތުމުން ނޫނީ މޮޔަފުޅު ކަމުން ނޫންބާވައެވެ.

ސާފިން ކުރުމަށްޓަކާ ރާއްޖެއައި އޮސްޓްރޭލިއާގެ ރައްޔިތަކު ބުނި އަޑު އެހީމެވެ. އެ ގައުމުގެ ޖަލެއްގައި އޭނާ ދުވަސް ކޮޅަކު އޮތީމެވެ. އެދުވަސްވަރު ވެސް އެޖަލުގައި ވަރަށް މޮޅު ސެކިއުރެޓީ ސިސްޓަމް ތައް ބަހައްޓާފައި ހުށްޓެވެ. އެކަމަކު ހަފުތާއަކު އެއްފަހަރު ޖަލު ޗެކްކޮށްލާއިރު ޖަލަށްވެއްދުން މަނާ ގިނަ ސާމާނު ފެންނަކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށްޓަކާ ބޮޑެތި ހޭދަ ކުރުމަކީ މޮޔަ ކަމެއް ކަމުގައެވެ.

ޖަލުތަކުގެ ޙާލަތު އެނގިވަޑައިގަންނަވާ ވަރަށް އިސް ބޭފުޅުން މިހާރުވެސް ކަރެކްޝަނަލް ސާވިސްގައި އެބަ އުޅުއްވައެވެ. އޭގެ ތެރެއިން އެއްބޭފުޅެއް ކަމުގައިވާ މުޙަންމަދު ޢާޞިފްގެ ނަން އަޅުގަނޑު ފާހަގަ ކޮށްލާނަމެވެ. ޖަލު ބަލަހައްޓަން އެނގިލައްވާނީ ކަމުގެ ޢިލްމާ ހުނަރާ ތަޖްރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. މިނިސްޓަރުގެ ނެތް ތަޖްރިބާއަކަށް ޖަލު ބަލަހައްޓަން އުޅުއްވުމަކީ މޮޔަކަމެކެވެ.

ޕޮލިސް އިންޓެލި ޖެންސާ ޙަވާލު ކުރައްވައިގެން ޖަލުގެ ކަންކަން ވެސް ބެލިދާނެއެވެ. ސުވާލަކީ އެބޭފުޅުންގެ ތެރޭގައި ރިހި މަޅީގައި ނުބެދޭނެ ބޭފުޅުން ރަންމަޅީގައި ނުބެދޭނެ ކަމުގެ ޔަގީންކަން އެބައޮތްތޯއެވެ. ޖަލުތައް ޗެކް ކުރުމަގެ އެއްދުވަސް ކުރިން ޖަލަށް އެކަން އަންގާ ފަރާތް ތަކުން އަންގާނެއެވެ. އެހެން ކަމުން ގައިދީންނަށް އެފަދަ މަނާތަކެތި ރައްކާކުރުމުގެ ފުރުޞަތު ލިބިގެން ދެއެވެ.

އަދި ބައެއް އޮފިސަރުންގެ އަތްޕުޅުގައި އެފަދަ ތަކެތި ފޮރުވަން ބަހައްޓައިވެސް ދެއެވެ. އެހެން ކަމުން ބަހައްޓާ ސިސްޓަނަކުން މަގުޞަދެއް ޙާޞިލް ނުކުރެވޭނެއެވެ. ޖަލުތައް އެވަނީ އެތަންތަނާ ނުބައްދަލު މިންވަރަށް ގައިދީން ގިނަވެފައެވެ. ޖަލުގައި ތިބި ގިނަ ޒުވާނުންނަކީ ތަޢުލީމީ ގާބިލް އަދި މަނާކަންކަން ކުރުމުގެ ހުނަރާއި ތަޖްރިބާ ލިބިފައިވާ ޒުވާމާނުން ކަމުން ޖަލުގައި ތިބެގެން މިލިއަނުން ރުފިޔާ ހޯދާ އެރުފިޔާ ގައިދީންގެ ބޭނުބްތަކަށް އެދަނީ ޚަރަދު ކުރަމުންނެވެ. މަސްތުވާ ހުރިހާ ބާތެއްވެސް ޖަލުން ލިބޭނެއެވެ.

މިތަކެތި ބޭނުންކުރާ ސެކިއުރެޓީންނާ ބައެއް އޮފިސަރުންވެސް ވެސް ޖަލު ބަލަހައްޓަން ތިބޭނެކަން އެގެން ވާނެއެވެ. އެހެން ކަމުން އަޅުގަނޑު ބުނެލަން އޮތީ ގައުމު މިފަދަ އިގްތިޞާދީ އަނދަވަޅެއްގައި ވަނިކޮށް ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމުގެ ނަމުގައި ދައުލަތުގެ ތިޖޫރީ އިން ނުހިފޭވަރުގެ ބޮޑެތި ޚަރަދު ކުރަން ނުއުޅުއްވާށެވެ.
އަދި އޮފުސަރުން ވަޒީފާއިން ވަކި ކުރުމުން އެބޭފުޅުންގެ ޢާއިލާތަކަށް މިދަނޑިވަޅު ކުރިމަތިވާނެ މާލީދަތި ކަން އިންސާނީ ނަޒަރަކުން ވިސްނާ ލައްވާށެވެ.

Loading

8 Responses

  1. ނިމިގެނަ މިދިޔަ ދައުރުގަ ހުރި ހޯމް މިނިސްޓރ ސޭކު އިމްރާނަކީ ޖަލުތަށް ޚިޔަވައިގެން ހުރި މީހެއްތަ

  2. ހާދަ ހީވޭ އާސިފް ޕްރޮމޯޓް ކޮށްދޭން އުޅޭ ނޫހެއް ހެން. އެކަމަކު ތިޔަ ވިދާޅުވީ ތެދެއް އިފުސާން އަށް ވުރެ އާސިފް ހިންގުންތެރިކަން މޮޅުވާނެ، ކުޑަކުޑަކޮށް މަށަށްވެސް އެގިފަ ހުރި އެއްޗެއް ހާމަ ކޮށްލަދޭނަން،
    1. މިގޮތުން އާސިފް އަކީ އަބަދުވެސް ގައިދީން މިނިވަންކޮށްލަ ދޭނަމޭ ކިޔާފަ މީގެ ކުރިން އެތަށް ފަހަރަކުވަނީ ގައިދީންނާ، އެފަރާތުގެ އާއިލާތަކުން ފައިސާނަގާފަ.
    2. އަލަށް ވަޒީފާ އަށް ވަންނަ އެތަށް ކުދިންނެއްގެ އަތުން އަނބުރާ ދައްކާގޮތަށް ފައިސާ ނަގާ ފައިސާ ނުދައްކާ ފަރާތެއް.
    3. މިހާރުވެސް މިކޮޅު މާފުށީ ޖަލާ ހަވާލުވެ ހުރެގެން އަލީ ނަސީމް، އަރޭނާ ފަދަ ތަންތަނުން ފައިސާ ނަގަމުންދާ ފަރާތެއް.
    4. ކުލަބްގެ ރައިސްއަކަށް 2023 ވަނަ އަހަރު ހަވާލުވުމަށްފަހު އެންމެހާ އޮފިސަރުންނާ މުވައްޒަފުން ކުލަބް ހިންގުމަށް ޗަންދާ ދައްކަމުންދާ ކުލަބްގެ އެކައުންޓްގަ ހުރި ފައިސާ އޭނަގެ އަމިއްލަ އެކައުންޓަށް، އޭނަގެ ނަންމަތީގަ އިން ކުންފީނީގެ އެކައުންޓަށް، ކުރީގެ ގައިދީ އެއްގެ އެކައުންޓަށް، އޭނަގެ ބޯއި އެއް ގޮތަށް ގެންގުޅޭ މާފުށީ އަލީ ނަސީމް އެކައުން ޖަމާކޮށް ހުސްކޮށްފައިވާތީ އެމް.ސީ.އެސް އިން މިހާރުވެސް މައްސަލަ ބަލަމުންދާ ފަރާތެއް.
    5. ކޮރަޕްޝަން މައްސަލައެއްގައި މީގެ ކުރިން ދެފަހަރު ސަސްބެންޑުކޮށް، ވަޒީފާއިންވެސް ވަކި ކޮށްފައިވާ ފަރާތެއް.
    މިފަދަ މަދު ކަންތައްތަކަށް ބަލާއިރުވެސް މިނިސްޓަރ އިހުސާން އަށްވުރެ ކުރިއަރައިފައިވާ ބޭފުޅެއްކަން ދޭހަވާނެ.

  3. ޖަލުގައި ތިބި ގިނަ މީހުންގެ ބޭސްފަރުވާގެ ހައްގުތައް ފުއްދާ ނުދެވޭ.. ސެކިއުރިޓީ ސިސްޓަމްތައް ހަރުކުރުމުގެ ނަމުގައި އަދިވެސް ޖީބައް ބަރުވޭތޯ.. އާކަމެއް ނޫން ތީ، ބޭރުގެ އެހީއެއް ހޯދަންވެގެން ކުޅޭ ކުޅިއެއް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް