ސަރުކާރުން އޭނަ މަރުވިކަމަށް ނިންމުމުން ދިރިހުރިކަން ދެއްކުމަށް ޖަރީމާ އެއް ހިންގައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ އިދާރާ ތަކުން ލިޔެކިއުމުން އޭނާ ”މަރާލި“ ހަމައިން މުޖްރިމަކު އުފަން ވިއެވެ.

އިންޑިޔާގެ ރައްޔިތެއްކަމަށްވާ ބާބޫރާމް ބިލް އަކީ މަރުވެފައިވާ މީހެއް ކަމަށް ނިންމާ ސަރުކާރުން އޭނާގެ މަރުގެ ސެޓްފިކެޓް ހެދިއެވެ.މި ނިންމުން ބަދަލު ކޮށް، އޭނާ ދިރި އެބަހުރިކަން ސާބިތުކޮށް ދިނުމަށް ބާބޫރާމް އެކި އިދާރާތަކަށް ހިނގާ މަސައްކަތް ކޮށްކޮށް ވަރުބަލިވި އިރުވެސް އެކަން ވާގޮތް ނުވި ކަމަށް ވެއެވެ.

އެންމެ ފަހުން ބާބޫ ރާމް ނިންމީ ކުށެއް ކުރުމަށެވެ. ނުވަތަ ބޮޑު ޖަރީމާއެއް ހިންގުމަށެވެ. އޭނާ ބޭނުންވީ ކޮންމެ ގޮތެއް ހަދައިގެންވެސް އޭނާގެ މައްޗަށް ސަރުކާރުގެ ސަމާލުކަން ގެނައުމަށެވެ.

ޖަރީމާއެއް ހިންގުމަށް ގަސްތުކުރުމަށްފަހު ބާބޫރާމް ވަޅިއަކާ ޕެޓްރޯލް ފުޅިއެއް ހިފައިގެން ސްކޫލް އަކަށް ވަނެވެ. އެއީ އެތާތިބި ބަޔަކަށް ބިރުދައްކާ އަދި ވަޅިން ހަމަލާވެސް ދިނުމަށެވެ.

ހަތިޔާރާ އެކު ސްކޫލް އަށް ދިއުމަށްފަހު ދެ ޓިޗަރަކަށާ ބެލެނިވެރިއަކަށް ހަމަލާދިނެވެ. ފުލުހުން ބުނި ގޮތުގައި އޭނާވަނީ ބައެއް ކިޔަވާ ކުދިންނާއި ޓީޗަރުން ރަހީނުވެސް ކޮށްފައެވެ.

މިކަންތައްގަނޑުގެ ތެރޭން އެކްޓިންގ ހެޑްމާސްޓަރަށާ ޓީޗަރަކަށް ސީރިއަސް އަނިޔާތައް ލިބުނެވެ. ދާދި އަވަހަށް ފުހުންނަށް ގުޅައި ފުލުހުން އެތަނަށް ދިޔައެވެ. އަދި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ޖޯދްޕޫރު ހޮސްޕިޓަލަށް ގެންދެވުނެވެ.

ފުލުހުން ބާބޫރާމް ހައްޔަރު ކުރުމުން އޭނާއަށް ކަންތައްދިމާވި ގޮތް ކިޔާދިން ކަމަށް ވެއެވެ.

ބާބޫރާމް ބުނި ގޮތުގައި އޭނާ އެފަދަ ޖަރީމާއެއް ހިންގީ ސަރުކާރުން އޭނާގެ މަރުގެ ސެޓްފިކެޓް ހަދާފައިވާތީ ދެންކުރާނެ ކަމަކީ އޭނަގެ މުދާ ސަރުކާރަށް ނެގުން ކަމަށް ވާތީ ކަމުގައެވެ. ފުލުހުންގެ ރިކޯޑަށް އޭނާގެ ނަން އަރާ ހަމައިން އޭނާ ދުނިޔޭގައި އެބަހުރިކަން ސާބިތުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ބާބޫރާމް ދައްކާ ވާހަކަ އާއިމެދު ފުލުހުން އަދިވެސް އިތުރަށް ބަލަމުން ދާކަމަށް ވެއެވެ.

Loading

One Response

  1. ކީކޭ ބުނާނީ. ފުލުހުންނަކީ ރައްޔަތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ރައްޔަތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ހިންގާ މުއައްސަސާއެއް އަދި އެތަނުގައި އުޅޭމީހުންގެވެސް ކެއުމާއި ބޯހިޔާވަހިކަންވެސް ހަމަ ރައްޔަތުންގެ ފައިސާއިން. އެހެނަސް އެމީހުން ރައްޔަތުން ފްރޭމްކުރުމާއި ގެއްލުވާލުމާއި އަދި މަންފާއެއް ހޯދުމަށް މަރާލައި ގެއްލުވާލުމާއި މިފަދަ ދަށުދަރަޖައްކަށް އިންސާނިއްޔަތު ދިޔައިމާ ދެންފަހެ ބުނާނީ ކީކޭތޯއެވެ. ހަމަ ރާއްޖޭގައިވެސް މިފަދަ ލާއިންސާނީ ޢަމަލު ހިންގައިފާވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް