ނޭޕާލްގައި އިއްޔެ ހިނގި މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާގައި ޕައިލެޓް ސަލާމަތްވި

Loading

Facebook
Twitter
WhatsApp

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫ އެއާޕޯޓްގައި އިއްޔެ ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާ ގައި ބޯޓުގެ ޕައިލެޓް ވަނީ ސަލާމަތް ވެފައެވެ. ބޯޓު ވެއްޓި 18 މީހުން މަރުވެފައި ވާއިރު، ޕައިލެޓް ސަލާމަތްވީ ބޯޓުވެއްޓުމުގެ ކުރިން ބޯޓުގެ ކޮކްޕިޓް ނުވަތަ ޕައިލެޓުން ތިބޭ ބަޔާ ބޯޓުގެ މައި ބޮޑީ އާއި ވަކިވުމުގެ ސަބަބުން ކަމަށް ވެއެވެ.

ބޯޓުގެ މައި ބޮޑީ ވެއްޓުނީވެސް ރޯވެގެން ކަމަށްވާއިރު ދުރަށް ވެއްޓިފައިވާ ކޮކްޕިޓްގައި ރޯނުވާ ކަމަށް ވެއެވެ. އެހީގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންނަށް ޕައިލެޓް އިން ބައި ފެނުނުއިރު އޭނާ އުޅުނީ ނޭވާ ލާން އުނދަގޫ ވާތީކަމަށާ މުޅިމޫނާއި ގައިގަވެސް އޮތީ ލޭކަމަށް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް ހޮސްޕިޓަލް އަށް ގެންދެވި އޭނާ މިހާރު އަންނަނީ ރަގަޅު ވަމުން ކަމަށް ޚަބަރުތައް ބުނެއެވެ.

ނޭޕާލްގެ ސިވިލް އެވިއޭޝަން މިނިސްޓަރ ވިދާޅުވި ގޮތުގައި ބޯޓުވެއްޓިފައިވަނީ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެތެރޭ ކުއްލިއަކަށް އެއްފަރާތަށް އަބުރާލިތަނާ އެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ބޯޓުވެއްޓެން ދިޔައިރު ރަންވޭގެ އެއްއަރިމަތީ ހުރި ފްރައިޓް ކޮންޓެއިނަރއެއްގައި ޖެހި ބޯޓުގެ ކުރީކޮޅު ނުވަތަ ކޮކްޕިޓް ވަކިވެ، އެބައި ކޮންޓެއިނަރގައި ތާށިވި އެވެ. 18 މީހުންނާއެކު ހުޅުރޯވެގެން ތިރީ ހިސާބަކަށް ވެއްޓުނީ ބޯޓުގެ ބޮޑީ ގަނޑުކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

ބޯޓު ވެއްޓުނުތާ ފަސްވަރަކަށް މިނިޓް ތެރޭ ޕައިލެޓް ސަލާމަތް ކުރެވުނު ކަމަށް ނޭޕާލްގެ އާމީން ވެސް ބުނެފައި ވެއެވެ.

މިހާދިސާގައި ޕައިލެޓްގެ ބޮލަށާ ބުރަކައްޓަށް އަދި ކަރަށް އަނިޔާ ވެފައިވާ ކަމަށާ ދާދި އަވަހަށް ސަރޖަރީ ތައްވެސް ހަދާނެ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް