ސްޓޭޓް މިނިސްޓަރުކަމުން މާނިއު އިސްތިއުފާ ދީފީ!

Loading

Facebook
Twitter
WhatsApp

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓްމްސްގެ މަޤާމުގައި ހުންނަވަނިކޮށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރި ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެނގިފައިވާ ގޮތުގައި މާނިއު އިސްތިއުފާދެއްވިކަން ހޯމް މިނިސްޓްރީއަށް މިއަދު ވަނީ އަންގާފައެވެ. ނަމަވެސް އޭނާ އިސްތިއުފާދީފައިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ކަސްޓަމްސްގެ ވެރިޔަކަށް ހުންނަވަނިކޮށް މާނިއު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ ވަޒީފާއަށް ބަދަލު ކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އޭނާ އެ މަޤާމުން އިސްތިއުފާދީފައި ވާއިރު، އެ ވަޒީފާއަށް އޭނާ ނިކުމެފައެއް ނުވެއެވެ.

Loading

One Response

  1. ރަނގަޅަށް ތިހެއްދެވީ. އެގޮތަށް ނަގާހޫރާލީމާ ދެން ހުންނަވާނެކަމެއް ނެތެވެ. ވެދާނެ ޑްރޯން ގަންނަވާހަކަ މާގަދަޔަށް ދެއްކެވީމާކަމަށްވެސް. އެވާހަކަ މަޝްވަރާ ނުކޮށް ރައީސްގެ ރުހުން ނުހޯދާ އެގޮތަށް ވިސްނެވީމާ ގޯސްވީކަމަށް ވާނީ. އެއީ މިއީ ޑްރޯ ރައީސެއް ނޫންތޯއެވެ. ވީމާ އެއްވެސް ޑްރޯން އެއް ގަންނަވަން އެއްވެސް ދައުލަތުގެ މުއައްސަސާއަކުން ވިސްނަވަންޏާއި ޑްރޯން ރައިސްއަށް ދަންވަން ޖެހޭނެއެވެ. ދެން އެގޮތައް ޑްރޯން ރައިސް އަށްވެސް ގަނެވީނީ ރައީސްގެ ޓްރޭޑް އެޑްވައިޒަރ ދަރަނިބޯ ޖަނާ އޯކޭ ކޮށްގެނެވެ. އެނުނަނީ މީޑިޔާގައި މިހާރުވެސް 20 މިލިޔަން އެބައޮތޯ މީރާޔަށް އެކަލޭގެ ނުދައްކާ. ވީމާ ގަންނަ ހުރިހާޑްރޯންގެ ކަމިޝަނުން އެވެސް ދައްކަވަން ޖެހޭކަމަށްވެއެވެ.
    އެއީ ތިވީގޮތަކީ ދޮއްތޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް