ނަތަންޔާހޫ އިސްތިއުފާދެއްވަން ފެންނަ ކަމަށް އިސްރާއިލްގެ ގިނަ ބަޔަކު ބުނެފި

Loading

Facebook
Twitter
WhatsApp

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމަ މިހާރު، ނޫންނަމަ ހަނގުރާމަ ނިމުމާއިއެކު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އިސްރާއިލްގެ ގިނަ ބަޔަކު ބުނެފިއެވެ.

ޗެނަލް 12 ނިއުސް އިން ހެދި ޚިޔާލު ހޯދުމުގެ ޕޯލް އަކުން ދައްކާފައިވާ ގޮތުގައި ނަތަންޔާހޫ މިހާރުން މިހާރަށް އިސްތިއުފާދެއްވަން ފެންނަ ކަމަށް ޕޯލްގައި ބައިވެރިވި މީހުންގެ 44 އިންސައްތަ މީހުން ބުނެފައިވާއިރު، މިހާރު ކުރިޔަށް ދާ ހަނގުރާމަ ނިމުމާއިއެކު އިސްތުއުފާދެއްވަން ފެންނަ ކަމަށް 28 އިންސައްތަ މީހުން ބުނެފައި ވެއެވެ. އެހެންކަމުން 72 އިންސައްތަ މީހުން ވަނީ އެމަގާމުގައި ނަތަންޔާހޫ ހުންނެވުމާ ދެކޮޅު ހަދާފައެވެ.

ނަތަންޔާހޫ ހުންނެވުމަށް ތާއީދު ކޮށްފައިވަނީ ސުވާލު ކުރެވުނު މީހުންގެ ތެރެއިން 22 އިންސައްތަ މީހުންނެވެ.

ހޮސްޓެޖުން މިނިވަން ކުރުމާބެހޭ އެއްބަސްވުމަކަށް ދިއުމަށް އިސްރާއލުގެ އާންމުންގެ ސަޕޯޓް ވަރަށް ބޮޑަށް އެބައޮތްކަންވެސް މިޕޯލުން ވަނީ ހާމަ ވެފައެވެ.

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ހަނގުރާމައިގެ ހާލަތު މިހާގޯސްވެގެން ދިޔައީ ”މިސް ހެންޑްލިންގ“ ގެ ސަބަބުން ނުވަތަ ނަތަންޔާހޫ އަށް ކަންތައް ކުރަންވާގޮތް އެނގިވަޑައިނުގަންނަވާތީ އެވެ.އަދި އެކަމުގެ ޒިންމާ އޭނާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގިނަ މީހުން ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ހަތްވަނަ ދުވަހު ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދޭން ފަށާފައިވާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 38،500 އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ހަ ހާހެއްހާ މީހުން ވަނީ ވީނުވީ ގޮތެއް ނޭގި ގެއްލިފައެވެ. މީގެ ތެރެއިން ގިނަ މީހުން ވާނީ އިމާރާތްތަކުގެ ގާފުނި ތަކުގެ ދަށުގައި ވަޅުލެފައި ނުވަތަ އިސްރާއިލުގެ ޑިޓެންޝަން ސެންޓަރު ތަކުގައި ކަމަށް ބެލެވޭ ކަމަށް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އިން ބުނެފައި ވެއެވެ.  ނަތަންޔާހޫ އިސްތިއުފާދެއްވަން ފެންނަ ކަމަށް އިސްރާއިލްގެ ގިނަ ބަޔަކު ބުނެފި

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމަ މިހާރު، ނޫންނަމަ ހަނގުރާމަ ނިމުމާއިއެކު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އިސްރާއިލްގެ ގިނަ ބަޔަކު ބުނެފިއެވެ.

ޗެނަލް 12 ނިއުސް އިން ހެދި ޚިޔާލު ހޯދުމުގެ ޕޯލް އަކުން ދައްކާފައިވާ ގޮތުގައި ނަތަންޔާހޫ މިހާރުން މިހާރަށް އިސްތިއުފާދެއްވަން ފެންނަ ކަމަށް ޕޯލްގައި ބައިވެރިވި މީހުންގެ 44 އިންސައްތަ މީހުން ބުނެފައިވާއިރު، މިހާރު ކުރިޔަށް ދާ ހަނގުރާމަ ނިމުމާއިއެކު އިސްތުއުފާދެއްވަން ފެންނަ ކަމަށް 28 އިންސައްތަ މީހުން ބުނެފައި ވެއެވެ. އެހެންކަމުން 72 އިންސައްތަ މީހުން ވަނީ އެމަގާމުގައި ނަތަންޔާހޫ ހުންނެވުމާ ދެކޮޅު ހަދާފައެވެ.

ނަތަންޔާހޫ ހުންނެވުމަށް ތާއީދު ކޮށްފައިވަނީ ސުވާލު ކުރެވުނު މީހުންގެ ތެރެއިން 22 އިންސައްތަ މީހުންނެވެ.

ހޮސްޓެޖުން މިނިވަން ކުރުމާބެހޭ އެއްބަސްވުމަކަށް ދިއުމަށް އިސްރާއލުގެ އާންމުންގެ ސަޕޯޓް ވަރަށް ބޮޑަށް އެބައޮތްކަންވެސް މިޕޯލުން ވަނީ ހާމަ ވެފައެވެ.

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ހަނގުރާމައިގެ ހާލަތު މިހާގޯސްވެގެން ދިޔައީ ”މިސް ހެންޑްލިންގ“ ގެ ސަބަބުން ނުވަތަ ނަތަންޔާހޫ އަށް ކަންތައް ކުރަންވާގޮތް އެނގިވަޑައިނުގަންނަވާތީ އެވެ.އަދި އެކަމުގެ ޒިންމާ އޭނާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގިނަ މީހުން ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ހަތްވަނަ ދުވަހު ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދޭން ފަށާފައިވާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 38،500 އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ހަ ހާހެއްހާ މީހުން ވަނީ ވީނުވީ ގޮތެއް ނޭގި ގެއްލިފައެވެ. މީގެ ތެރެއިން ގިނަ މީހުން ވާނީ އިމާރާތްތަކުގެ ގާފުނި ތަކުގެ ދަށުގައި ވަޅުލެފައި ނުވަތަ އިސްރާއިލުގެ ޑިޓެންޝަން ސެންޓަރު ތަކުގައި ކަމަށް ބެލެވޭ ކަމަށް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އިން ބުނެފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް