އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މީހަކު ބަޑިން ހަމަލާ ދީފިއެވެ. މިކަން ހިނގާފައިވަނީ ޕެންސިލްވޭނިޔާ ސްޓޭޓްގައި ޓްރަމްޕްގެ ޕާޓީން ބޭއްވި ކެމްޕެއިން އެއްވުމެއްގައި އެތާގަޑިން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
ހަމަލާ އަށްފަހު ޓްރަމްޕްގެ ކަންފަތް ކައިރިން ލޭއަންނަތަން ފެނެއެވެ.ނަމަވެސް ޓްރަމްޕް އަށް އިތުރު މާބޮޑު ގެއްލުމެއް ނުވެއެވެ.
ހަމަލާ ދީފައިވަނީ އިވެންޓް އޮތްތަނާ ކައިރީގައިވާ އިމާރާތަކުން ކަމަށް ސީކްރެޓްސަރވިސް އިން ވަނީ ބުނެފައެވެ. އަދި ހަމަލާ ދިން މީހާވަނީ ސީކްރެޓް ސަރވިސް އިން މަރާލާފައެވެ.
ޓްރަމްޕް ވެސް ވަނީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައެވެ.
މިހަމަލާއާއި ގުޅިގެން ދުނިޔޭގެ ލީޑަރުން ގެންދަވަނީ ހަމްދަރުދީގެ މެސެޖް ތައް ފޮނުއްވަމުންނެވެ.
މިހަމަލާގައި އެއްވުމުގެ ތެރޭން އެކަކުމަރުވެ، ދިމީހުންނަށް ސީރިއަސް ޒަޚަމްތައް ވަނީ ލިބިފައެވެ.