އިމްރާން ޚާންގެ ޕާޓީ އަލުން ވުޖޫދުކޮށް މަޖިލީހުން ގޮނޑިދޭން ސުޕްރީމް ކޯޓުން އަމުރު ކޮށްފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގެ ޕާޓީ ޕީޓީއައި އަލުން ވުޖޫދުކޮށް އެޕާޓީ އަށް މަޖިލީހުން ގޮޑިދިނުމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

ޗީފް ޖަސްޓިސް ޤާޒީ ފާއިޒް އީސާ އިސްވެ ހުންނެވި، 13 މެމްބަރުން ހިމެނޭ ފުލް ބެންޗުން ހުކުރު ދުވަހު އަމުރު ކޮށްފައިވަނީ އަންހެނުންނަށާ މައިނޯރިޓީ ތަކަށް ޚާއްސަ ކުރެވިފައިވާ ބައިން، އިމްރާން ޚާންގެ ޕާޓީ އަށް ވިއްސަށް ވުރެ ގިނަ ގޮނޑި ދިނުމަށެވެ.

ސުޕްރީމް ކޯޓުގެ މިނިންމުމާއި ގުޅިގެން ޕީޓީއައި އަކީ މަޖިލީހުގައި އެންމެ ގިނަ ގޮޑި ނިސްބަތްވާ އެކަނި ޕާޓީ ކަމަށް ވާނެ ކަމަށް ދަނީ ބެލެމުންނެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމަކީ މި ވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން ޚާންއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

އިންތިޚާބްގައި ޕީ.ޓީ.އައި އަށް ބައިވެރި ނުވެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން އެ ޕާޓީ އަށް ތާއީދު ކުރި މެމްބަރުން ކުރިމަތިލާ، ގޮޑި ކާމިޔާބް ކޮށްފައިވަނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައެވެ.އަދި ބައެއް ކެންޑިޑޭޓުން ވަނީ ސުންނީ އިއްތިހާދު ޕާޓީ އާ ގުޅި، ކޯލިޝަނެއްގައި ބައިވެރި ވެފައެވެ.

އިމްރާންޚާންގެ މައްޗަށް ޝަރީއަތް ކުރެވި ޖަލަށް ހުކުމް ކުރެވިފައި ވަނީ ގައުމީ ސަލާމަތާބެހޭ ސިއްރުތަކެއް ހާމަ ކުރެއްވި ކަމަށް ތުހުމަތު ކޮށްފައެވެ. އެއާއެކު ސަރުކާރުން ވަނީ އިމްރާންގެ ޕީ.ޓީ.އައި އަށް،ފެބްރުއަރީ 8ގައި އޮތް އާންމު އިންތިޚާބްގައި ވާދަ ނުކުރެވޭ ގޮތް ހަދާފައެވެ.

އިންތިޚާބް އަށް ފަހު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންފައި ވަނީ ކުރިންވެސް އެމަގާމްގައި ހުންނެވި ޝަހްބާޒް ޝަރީފް އެވެ. އެއީ ކޯލިޝަނެއްގެ ތެރެއިންނެވެ. ޕީޓީއައި އަލުން ގާއިމް ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމުން އެކަން ވެގެން ދާނީ ޝާހްބާޒް ޝަރީފް އަށް ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް އަދި މި ވަގުތަށް ފެޑަރަލް ސަރުކާރަށް ނުރައްކަލެއް ނެތް ކަމަށް ޚަބަރުތައް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް