ވިސްނުންތެރި ކުރަފި

Loading

Facebook
Twitter
WhatsApp

އެއްދުވަހަކު ތިން ކުރަފި ވަރަށް ބަނޑުހައިވެގެން ދަނޑުވެރިއެއްގާތަށް ގޮސް ސަލާން ޖެހިއެވެ. ދަނޑުވެރިޔާ މިތިން ކުރަތްޕަށް ޕާންދެތިން ފޮއްޗާ އަދި ޗީޒް ބުރިއެއް ދީފިއެވެ. ކުރަފިތައް ވަރަށް އުފަލުން ކައި، އަދި ގެޔަށް ގެންދަންވެސް އެއްބައި ފޮރުވުމަށް ފަހު ދާން ހިނގައިގަތްތަނާ ދަނޑުވެރިޔާ ބުނެފިއެވެ.
ކަލޭމެން އަބަދު ތިޔަހެން ތަންތަނުގަ ސަލާން ނުޖަހާ ކޮންމެވެސް ވަޒީފާ އެއް އަދާ ކުރަންވީ ނޫން ހެއްޔެވެ. މަގޭ ގޭގައި ވެސް ހަތަރު ވަޒީފާ އެބައޮތެވެ. ރަގަޅު މުސާރައެއް ދޭނަމެވެ. އަދި ނިދުމާ ކެއުމާ އަދި އާއިލާގެ ރައްކާތެރިކަން ޔަގީން ކޮށްދޭނަމެވެ.


މިހެން ބުނުމުން ކުރަފި ތައް ބުނެފި އެވެ.އެންމެ ރަނގަޅެވެ. ތިޔަބުނާ ވަޒީފާތަކަކީ ކޮބާހެއްޔެވެ. އަދި މުސާރަ ކިހާވަރެއް ހެއްޔެވެ.
ބުނީމަ ދަނޑުވެރިޔާ ބުންޏެވެ. މިހަތަރު ވަޒީފާއަށް މުސާރަ ދެވޭ ވަރު ތަފާތު ވާނެއެވެ. ކޮން ވަޒީފާއަކަށް ދާނީ ކާކުކަން ކަލޭމެން ނިންމާށެވެ.
ފުރަތަމަ އަހަރެންގެ ކުކުޅުތަކަށް ކެއުން ތައްޔާރު ވެއްޖެ ކަމުގެ ޚަބަރުދޭނެ ފަރާތެއް ބޭނުންވެއެވެ.މިވަޒީފާ އަދާކުރާ ފަރާތަކަށް ކޮންމެ މަހަކު ތިންހާސް ރުފިޔާ ދޭނަމެވެ. ދެވަނަޔަށް އޮތީ ގޭގަތައްޔާރުކުރާ ކެއްކުންތަކަށް ބޭނުންވާ ލޮނުމެދު ނޮޅުމާ ކޮށުމުގެ ވަޒީފާއެވެ. މިވަޒީފާ އަދާކުރާ ފަރާތަކަށް ފަސްހާސް ރުފިޔާ ދޭނަމެވެ.ދަނޑުގެ ގަސްތަކަށް ގެއްލުންދޭ ބޮނޑު ފަހާލާ، ދަނޑުން ބޭރުކުރުމުގެ މަސައްކަތް ވެސް އެބައޮތެވެ. މިވަޒީފާގެ މުސާރަޔަކީ މަހަކު ހަތަރުހާސް ރުފިޔާއެވެ. އަދި އެންމެ ފަހު ވަޒީފާ އަކަށް މިއޮތީ ގެރިތަކަށް ލަވަކިޔާދީ ގެރިތައް ހިއްއުފާކޮށްދިނުމުގެ ގޮތުން ނަށާ ހެދުމުގެ ވަޒީފާއެވެ. މިވަޒީފާއަށް ލިބޭނީ މަހަކު 250 ރުފިޔާއެވެ.
ދަނޑުވެރިޔާ މިހެން ބުނުމުން ފުރަތަމަ ކުރަފި ބުނެފި އެވެ. އަހަރެން ބޭނުމީ ފަސްހާސް ރުފިޔާލިބޭ، ލޮނެމެދު ނޮޅާކޮށުމުގެ ވަޒީފާއެވެ.
ދެވަނަ ކުރަފި ބުނެފި އެވެ. އަހަރެން ބޭނުމީ ހަތަރުހާސްރުފިޔާލިބޭ، ބޮނޑުތައްފައްސާ ފޮނުވާލުމުގެ ވަޒީފާއެވެ.
ތިންވަނަ ކުރަފި އިރުގަނޑަކު ވިސްނަން އިނުމަށް ފަހު ބުނެފި އެވެ. އަހަރެން ބޭނުމީ ގެރިތަކަށް ލަވަކިޔާދޭ ވަޒީފާއެވެ. މުސާރަ ކުޑަޔަސް ފަރުވާލެއް ނެތެވެ.
ތިންވަނަ ކުރަފި މިހެން ބުނުމުން އަނެއްދެކުރަފި އޭނަޔަށް ލޯއަޅައިގެން ތިބެ ހިތަށް އެރިއެވެ. މީހާދަހާ ނުވިސްނޭ ކުރަތްޕެކެވެ.ރަގަޅުވާނީ މުސާރަ ގިނައިން ލިބޭ ވަޒީފާއެއް ނޫންހެޔެވެ.
ކޮންމެ އަކަސް ވަޒީފާ ތަކާމެދު އެއްބަސް ވެވުމުން މާދަމާ މަސައްކަތަށް އަންނާނެ ކަމަށް ބުނެ ކުރަފިތައް ހިގައްޖެއެވެ.
އަނެއް ދުވަހު ހެނދުނު ހެނދުނާ ތިން ކުރަފިވެސް މަސައްކަތަށް ނުކުމެއްޖެ އެވެ.ނަމަވެސް މަސައްކަތް ފެށިތާ މާގިނަ އިރެއް ނުވެ ފުރަތަމަ ދެކުރަފި ކުއްލި އަކަށް މަރުވެއްޖެ އެވެ.
ދަނޑުވެރިޔާ ދެން ތިންވަނަ ކުރަތްޕަށް ގޮވުމަށް ފަހު ސުވާލު ކުރިއެވެ. ކަލޭ އެންމެ ކުޑަ މުސާރަ ލިބޭ ވަޒީފާ އިޚްތިޔާރު ކުރީ ކީއްވެގެން ހެއްޔެވެ.
ކުރަފި ފުންނޭވާއެއް ލުމަށް ފަހު ކިޔާދިނެވެ.ކުކުޅު އެއްނެ ކާހިތްވާ އެކައްޗަކީ ކުރަތްޕެވެ.އެހެންވެ ކުކުޅުތައް ކައިރިޔަށް ނުދިއުމަށް ނިންމީއެވެ.
އަނެއްކޮޅުން ލޮނުމެދުގަ ހުންނަ ގަދަ ވަހުގެ ސަބަބުން ކުރަފީގެ ފުރާނަޔަށް ނުރައްކާ ވެއެވެ. އެހެންވެ ލޮނުމެދާވެސް ކައިރި ނުވާންވެސް ނިންމީ އެވެ.
ބޮނޑަކީވެސް ކުރަފި ޝިކާރަކޮށްގެން ކައިއުޅޭ އެއްޗެކެވެ. އެހެންވެ އަހަރެން ބޮނޑާ ކައިރިޔަށްވެސް ދާން ބޭނުން ނުވީއެވެ.ވަޒީފާ އެއްގަ ހިމެނޭ ހުރިހާ ކަމަކީ ހަމައެކަނި ލިބޭ މުސާރައެއް ނޫނެވެ. އެވަޒީފާއެއް އަދާކުރުމުގަ ތިމާގެ ހަތިގަނޑުގެ ރައްކާތެރި ކަމަށް ވެސް ވިސްނަން ޖެހޭނެއެވެ.


ފިލާވަޅު: މީހަކު ނުވަތަ ބަޔަކު ހުށައަޅާ ކޮންމެ ކަމަކަށް ފުންމައި ނުގަންނާށެވެ.އެކަމަކުން ތިމާޔަށް ލިބޭނެ ފައިދާޔާ މެދު ވިސްނާވަރަށް އެކަމުން ގެއްލުމެއް ލިބޭތޯވެސް ބަލާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް